އދ.ގެ އާންމު މަޖިލިހުގެ ރައީސްކަމަށް ކެމްޕެއިންކުރުމަށް ދައުލަތުން ކަނޑައެޅުއްވީ 3 މިލިއަން ރުފިޔާގެ ބަޖެޓެއްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައި މިވަނީ، އދގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ވާދަކުރެއްވިއިރު، ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ކުރައްވާފައިވާކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ، މިދިޔަ އަހަރު ދައުލަތުގެ ބަޖެޓުގައި މި ކެމްޕެއިނަށް ކަނޑައެޅީ 3 މިލިއަން ރުފިޔާކަމަށާއި، އެވެސް އެއްކޮށް ހުސްނުވާކަމަށެވެ. ޝާހިދު ވިދާޅުވީ އެއީ ބޮޑެތި ހަރަދުތަކެއް ކޮށްގެން ލިބުނު މަގާމެއް ނޫން ކަމަށެވެ. އަދި މިއީ ހަރުދަނާ ހާރިޖީ ސިޔާސަތާއި ގައުމުތަކާއެކު އޮތް ގުޅުންތަކުގެ ސަބަބުން ލިބުނު މަގާމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކިތަންމެ ފައިސާއެއް ހަރަދުކުރިޔަސް، މިފަދަ ވޯޓް ތަކަކީ ކަށަވަރުނުވާނެ އެއްޗެއްކަން މީގެކުރިން ވާދަކުރި މިފަދަ އިންތިހާބުތަކުން ހާމަވެފައިވާކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި 21 މިލިއަން ރުފިޔާ ހަރަދުކޮށްގެން އދ. ގެ ސަލާމަތީ މަޖިލިހުގެ ގޮނޑިއަށް ވާދަކުރަން ހިންގި ކެމްޕެއިންގައި ރާއްޖެއަށް ލިބުނު ނާކާމިޔާބީ ޝާހިދު ފާހަގަކުރެއްވިއެވެ. ޝާހިދު ވިދާޅުވީ އެ އިންތިހާބު ރާއްޖެއަށް ކާމިޔާބު ނުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތުތަކުގެ ސަބަބުންނެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލިހުގެ ރިޔާސަތަށް ޝާހިދު ހޮވިވަޑައިގެންނެވީ، މިދިޔަ ޖޫން މަހުއެވެ. އެމަގާމަށް އޭނާ ހޮވިވަޑައިގެންނެވީ އެކަމަށް ނެގި ވޯޓުގައި އދ. ގެ މެމްބަރު 193 ގައުމުގެ ތެރެއިން 143 ގައުމުގެ ތާއީދާ އެކުއެވެ.


ކިޔުންތެރިންގެ ހިޔާލު


7

ގުލްޝަންކުމާރު

30-Jul-2021

ދެން ކިހާވަރެއްތޯ. 2.99 ތޯ. އެންމެރުފިޔާއެއްވެސް ޚަރަދުކުރުމަކީ ވަރަށް ބޮޑު ގޯހެއް. ރައްޔިތުން ބިކަވެފަ ތިއްބާ ދައުލަތޔގެ ބަޖެޓް މަނިކުފާނު ތިޔަ ހުސްކޮއްލީ ވަޔަށް.



ޓްރެންޑިން