ރައީސް ސޯލިހު ދާދިފަހުން ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ސިޓީކައުންސިލްގެ މެމްބަރުންނާއި ބައްދަލުކުރައްވަަނީ
ރައީސް ސޯލިހު ދާދިފަހުން ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ސިޓީކައުންސިލްގެ މެމްބަރުންނާއި ބައްދަލުކުރައްވަަނީ
ހދ. ކުޅުދުއްފުށީ ސިޓީގައި މިހާރުން މިހާރަށް ބޯހިޔާވަހިކަން ބޭނުންވާ 1200 އާއިލާ އެބަތިބި ކަމަށް އެ ސިޓީގެ މޭޔަރު މުހަންމަދު އާތިފް ރޭ ވިދާޅުވެއްޖެއެެވެ.

ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން ހދ. ކުޅުދުށްފުށީ ސިޓީގެ މޭޔަރު މުހަންމަދު އާތިފް ވިދާޅުވީ، އެސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އެހެންކަމުން ބޯހިޔާވަހިކަމުގެ އެމައްސަލަ ހައްލުކުރުމަށް ސިޓީކައުންސިލުން ވަރަށް ބޮޑު އިސްކަމެއްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެެވެ.

މޭޔަރު ވިދާޅުވީ ކުޅުދުއްފުށީގައި މިހާރުން މިހާރަށް ބޯހިޔާވަހިކަން ބޭނުންވާ 1200 އާއިލާ އެބަތިބި ކަމަށާއި، އެ ސިޓީއަށް ބަލާއިރު އެއީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ. ކައިރި މުސްތަގުބަލެއްގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބިއްޖެނަމަ ވަރަށް ބޮޑެތި އިޖްތިމާއީ މައްސަލަތަކެއް އުފެދިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދާދިފަހުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކުޅުދުއްފުށީ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެއްހާސް އެޕާޓްމަންޓް ހިމެނޭގޮތަށް ބޯހިޔާވަހިކަމުގެ މަޝްރޫއެެއް ތަރައްގީކޮށްދިނުމަށް އެމަނިކުފާނަށް ދަންނަވާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"އޭރުން އަޅުގަނޑު ގަބޫލުކުރަނީ މިހާރަށް މިއޮތް މައްސަލަ ފަސް އަހަރުގެ މުއްދަތަކަށް ވަރަށް ބޮޑަށް ހައްލުވެގެން އެ ދިޔައީ ކަމަށް، ބައެއް ފަރާތްތަށް އެބަހުރި ބިން އޮވެ ގެދޮރު އިމާރަތް ކުރުމަށް ދަތިވެފައި ހުރި ފަރާތްތައް މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ކަންނޭގޭ ލިބިގެންމިދަނީ. ސަރުކާރުން ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުގެ ތެރެއިން އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި އެކަމުގެ ތެރެއިން ހައްލު ލިބޭނީ ހަމައެކަނި ބިން ހުރި ފަރާތްތަކަށް، ބިން ނެތް ފަރާތްތަކަށް ހައްލެއް ލިބިގެންދާނީ އެޕާޓްމަންޓްތަކެއް ނޫނީ ރޯ ހައުސްތަކެއް ނޫނީ ފުލެޓްތަކެއް އެޅިގެން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ޔުނިޓްތަކެއް ފޯރުކޮށްދީގެން." މޭޔަރު ވިދާޅުވިއެވެ.

މީގެއިތުރުން މޭޔަރު މުހަންމަދު އާތިފް ވިދާޅުވީ، މިއަހަރު ތެރޭގައި އެ ސިޓީގެ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމަށް ހައުސިން ނީޑް އެސެސްމަންޓެއް ހެދުމަށް ނިންމާފައިވާ ކަމަށެެވެ.

"ހުރިހާ ގެތަކަށް ސިޓީކައުންސިލުން ޒިޔާރަތްކޮށް ފޮނުވައިގެން ހައުސިން ނީޑް އެސެސްމަންޓެއް ހަދާނީ، ހަދާފައި ރައްޔިތުންނަށް ކިހާވަރެއްގެ ކުއްޔެއްތޯ މިސާލަަކަށް ބޯހިޔާވަހިކަމުގައި ދެއްކޭނީ، ކިހާ ރައްޔިތުންނަށްތޯ ކުއްޔެއްގައި ބޯހިޔާވަހިކަމަށް ވަދެވޭނީ އަޅުގަނޑަށް ހީވަނީ އެ ސެސްމަންޓް ހެދިގެން ހެން ސީދާ ކެޓަގަރީތަކަކަށް އަޅުގަނޑުމެންނަށް ޕްރޮވައިޑް ކޮށްދެވޭނީ." މޭޔަރު އާތިފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


1

މިހާރު

30-Jul-2021

މިހާރުން މިހާރަށް 1200 އާއިލާއަށް ބޯހިޔާވަހިކަން ބޭނުންވާކަމަށް ބުނުމަކުން އަދި ފުދޭކަށް ނެތް, އަދި ސަރުކާރުގަ އެދުމަކުންވެސް ފުދޭކަށްނެތް މައްސަލަ ހައްލު ކުރެވޭނެ އެންމެ ފަސޭހަ އެންމެ ހަރަދު ކުޑަ ގޮތަކީ ކޮބައިތޯވެސް ބަލާ މައްސަލަ ހައްލު ކުރުމައް މަސައްކަތްވެސް ކުރަން އެބަ ޖެހޭ, މިމީހުންގެ ވާހަކައިން ހީވަނީ ރައްޔިތުންނަށް ނޭންގިގެން މިއުޅެނީ ބޯހިޔާވަހިކަން ބޭނުންވާކަންހެން ބޯހިޔާ ވަހިކަން ބޭނުންވާކަން އެންމެނަށްވެސް އެނގޭ, ތިޔަކަން ހައްލުވާނެ ގޮތެއް ހޯދަދީބަލަ



ޓްރެންޑިން