އޮގަސްޓް މަހު އޮންނަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ޑަބްލިއުޑީސީ އިންތިޚާބަށް ރަޖިސްޓަރީ ކޮށްފައިވާ ފޮއްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އޮގަސްޓް 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ މިހާރު އާންމުކޮށްފައިވާނެ ކަމަށެވެ. އަދި މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 ގެ ނިޔަލަށް ހުޅުވާލައިފައިވާކަމަށް ކޮމިޝަނުން ކުރި އިއުލާންގައި ބުނެފައިވެއެެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މި ރަޖިސްޓަރީ ކޮމިޝަނުގެ ވެބްސައިޓްގައި ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ. މީގެއިތުރުން އެސް.އެމް.އެސް މެދުވެރިކޮށް ވެސް ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށި ބަލައިލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ. އިލެކްޝަން ކޮމިޝަނުން ބުނީ މި ރަޖިސްޓަރީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ "ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" މެދުވެރިކޮށް ކަމަށެވެ.

މި ފޯމު ވެސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މެއިލް މެދުވެރިކޮށް ކަމަށް ކޮމިޝަނުން މައުލޫމާތުދެއެެވެ. މި މުއްދަތުގެ ތެރޭގައި ޝަކުވާހުށަހެޅޭނީ ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތާ ގުޅޭ ގޮތުން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން