ކުޅުދުއްފުށި ސިޓީގައި ތެޔޮ ބައުޒަރެެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ކުޅުދުއްފުށީގައި ތެޔޮ ބައުޒަރެެއްގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:00 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައިބ މިހާދިސާގަައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންގެ މަސައްކަތުން ތެޔޮ ބައުޒަރުގަައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.



މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ލިބުނު ގެއްލުންތަކާއި ބެހޭ އިތުރު މައުލޫމާތެއް ސިފައިން ހާމަކޮށްފައެއް ނުވެއެވެ.

ކުޅުދުއްފުށީގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިންގާފައިވާއިރު، ވިލިމާލޭގަައި ހުންނަ ކުޑަކުދިންގެ ހިޔާގައިވެސް މިއަދު ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މިއީ ވޭތުވެދިޔަ 3 މަސް ދުވަހުގެ ތެރޭގައި އެތަނުގައި ހިނގި 3 ވަނަ އަލިފާނުގެ ހާދިސާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން