މިހާރަކަށް އައިސް ކަރަންޓް ބިލު ބޮޑުވަނީ ކުރީ ސަރުކާރުގެ ސަބަބުންކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވެފަައި މިވަނީ މިމަހުގެ މާލޭގެ ކަރަންޓް ބިލުތަކަކީ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލުތަކެއްކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.

މިކަމާއި ގުޅިގެން ‏އާޒިމް ވިދާޅުވީ މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއްކަމަށެވެ. އަދި އެކަން އެގޮތައް ދިމާމިވަނީ ކުރީގެ ހައުސިންގ މިނިސްޓަރ މުއިއްޒު އިންނެވި ކެބިނެޓަކުން ދެކޮޅުނުޖެހޭ އިގްތިޞާދީ ގިނަ ނިންމުންތަކެއް ނިންމުމުގެ ސަބަބުންކަމަށެވެ.





މާލެ ސިޓީގެ މޭޔަރ ޑރ. މުއިއްޒު ވިދާޅުވީ ‏މި މަހުގެ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ޙާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ޙާލުގައި ޖެހޭގޮތް ވެފައިކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކަރަންޓު ބިލު ބޮޑުވާ މައްސަލައިގައި ސްޓެލްކޯގެ މައްސަލައެއް ނޫޅޭކަމަށް ތަކުރާރުކޮށް އެކުންފުނިން އަންނަނީ ބުނަމުންނެވެ. އަދި ކަރަންޓް ބިލު ބޮޑުވަނީ ކަރަންޓް ބޭނުންކުރާ ގޮތުންނާއި ބައެއް ދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވާތީ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


5

މޫސަ

30-Jul-2021

ކަރަންޓުން ވަކަން ކުރުމާ ތެލުން ވަކަންކުރުން މީއެންމެން ދަންނަހަގީގަތެއް ކަރަންޓްބިލް ބޮޑުވީމަ ވިސްނަދެނީ މޫސުމަ އަންނަބަދަލަކުން ހޫނުގަދަވެގެންކަމަ އެހެން ވީމާ ވިސްސާރަ ދުވަސްވަރު ވެސް ފިނިވީމަ ހަމަމގޮތަ ބިލުކުޑަ ވާންޖެހޭނެ ނޫންތޯ މިހާރު ގުރޭޓާ މާލެ އޭރިޔާ އައް ބޭނުން ވާވަރ ވުރެ އިތުރަ ކަރަންޓް އުފަދާ ވާހަކަ މީގެ ކުރިން އިސްޓެލްކޯން ވަނީ ބުނަފަ އެހެންވީމަ ކުންފުނީގެ ހަރަދު އިތުރު ވާނެ އެއިތުރުވާބާ ހޯދަން ގަސްތުގަ މީޓަރު އަބުރަނީ ޅޯޑިދީގެން ނޫނީ އެކުރާ ކަމެ ކޮގެން


0

ސާހު

30-Jul-2021

ޙަމަ ގަސްދުގައި ކުޑަކުރިބައި ހޯދަންވެގެން ކަރަންޓު ދޫކުރާ ވަރު ދަށްކޮށްގެން ބިލް ބޮޑުކުރަނީ. ކަރަންޓުންވެސް ވައްކަން. ފެނަކައިންވެސް އެކަން ކުރަނީ އެގޮތަށް. ބައެއް ދުވަސް ދުވަހު ކަރަންޓު ދަށްވެގެން ގޮސް ފަންކާ ގަނޑު ރަގަޅަށް އެނބުރި ނުލާ. ކަރަންޓު ދަށްވީމާ ދެން ލޯޑްވެގެން ކަރަންޓް ބިލް ބޮޑުވޭ އަދި ގެންގުޅޭ ތަކެތި އަވަހަށް ހަލާކުވޭ



ޓްރެންޑިން