އަހުމަދު މަސްނޫމް   30 ޖުލައި 2021 - 15:12
މިނިސްޓަރ އޮފް ހޯމް އެފެއާޒް، އިމްރާން އަބްދުﷲ ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުފުޅުން 48 އަހަރުގެ އިމްރާނަށް ކޯވިޑް ޖެހިފައިވާކަން އެނގުނީ އިއްޔެއެވެ. އަދި ކޯވިޑަށް ޓެސްޓް ހެދީވެސް ބަލިވެ އުޅުއްވުމަށްފަހުކަމަށް މައުލޫމާތު ލިބެއެވެ. އިމްރާން ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭނާ ވަނީ ވަރަށް ފަހުން ބައެއް ރަށްރަށަށް ޒިޔާރަތްކުރަށްވައިފައެވެ.

މިނިސްޓަރ އިމްރާނަށް ކޯވިޑް ޖެހިފައިވަނީ ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަ ކުރައްވާފައިވަނިކޮށެވެ.

ސަރުކާރުގެ އިސް ބޭފުޅުންގެ ތެރެއިން މީގެކުރިން ނާއިބު ރައީސް ފައިސަލް ނަސީމާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދުވެސް ވަނީ ކޯވިޑަށް ޕޮޒިޓްވެ، ބަލިން ރަނގަޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން