ތިން ދާއިރާއެއްގެ ބައި-އިލެކްޝަން އަންނަ ސެޕްޓެމްބަރުމަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

މި ބައި-އިލެކްޝަންތަކަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ އެއް ދާއިރާއާއި، އިންތިޚާބުވި ފަހުން މަޤާމުން އިސްތިއުފާދެއްވި 2 ދާއިރާއެއްގެ ބައި-އިލެކްޝަނެވެ. އެއީ ހދ. ނޭކުރެންދޫއާއި، ނ. ކެނދިކުޅުދޫގެ އިތުރުން ރ. މަޑުއްވަރީގައެވެ. މިތިންދާއިރާގެ ތެރެއިން ހދ. ނޭކުރެންދޫގައި އަންނަ މަހުގެ 7 ވަނަ ދުވަހުވެސް އިންތިޚާބު އޮންނާނެއެވެ.

ނޭކުރެންދޫގައި އިތުރު ގޮޑިއެއް ހުސްވެފައިވަނީ، އަންހެނުންގެ ކޮމެޓީއަށް އިންތިޚާބުވި މެމްބަރަކު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެނެވެ. ކެނދިކުޅުދޫގައާއި، މަޑުއްވަރީގައިވެސް އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ، އެދެރަށުގެ އަންހެނުންގެ ކޮމެޓީތަކަށް އިންތިޚާބުވި އެއް މެމްބަރަކު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ސެޕްޓެމްބަރު 11ގައި ބާއްވާ ބައި އިލެކްޝަންތަކުގެ އިތުރުން މިއަހަރު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އިންތިޚާބުނުކުރެވޭ ދާއިރާތަކުގެ ތެރެއިން 4 ދާއިރާއެއްގައި އަންނަ މަހުގެ 7 ވަނަ ދުވަހު ބައި-އިލެކްޝަން ބޭއްވުމަށްވެސް ވަނީ ތާވަލުކޮށްފައެވެ. އެއީ ހދ. ނޮޅިވަރަމާއި، ކ. ދިއްފުއްޓާއި، އއ. ފެރިދޫގެ އިތުރުން ނ. ކެނދިކުޅުދޫގައެވެ.

މިއަހަރު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން 5 ދާއިރާއެއްގައި ކަނޑައެޅިފައިވާ އަދަދަށް މެމްބަރުން ކުރިމަތިލުމުން އެމެމްބަރުން ވަނީ އިންތިޚާބަކާއި ނުލައި، އިންތިޚާބުވެފައެވެ. އިންތިޚާބަކާއި ނުލައި ގޮޑިތައް ކަށަވަރުވެފައިވަނީ، ލ. މާބައިދޫ، ބ. ފުޅަދޫ، މ. ރަތްމަންދޫ، ވ. ރަކީދޫ އަދި ހއ. ވަށަފަރުގެ އަންހެނުގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން