ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ޓެރަރިޒަމާއި ހަރުކަށި ފިިކުރާ ދެކޮޅަށް މަސައްކަތް ކުރުމުގައި ފުލުހުންނަށް ބާރު ތަކެއް ދޭން ގޮވާލައި އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ހުށައެޅުއްވި ގަރާރެއް ވަރަށް ހަނިގޮތަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެމްޑީޕީގެ އެ ގަރާރާއި ގުޅިގެން ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެކަމަކީ އެމްޑީޕީން އަބަދުވެސް ދެކޮޅު ހަދާ ކަމެއް ކަމަށާއި، ކުރީގެ ރައީސް އަބުދުﷲ ޔާމިންގެ ވެރިކަމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާންކުރުމަށް ސަލާމަތީ ބާރުތަކުން ރައީސުލްޖުމުހޫރިއްޔާއަށް މިހާތަނަށް ހުށައަޅާފައިވެސް ނުވާކަމަަށް ރޮޒައިނާ ވިދާޅުވިއެވެ.

"ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަންޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނޭ، ނުފެންނަ ސަބަބަކީ ފުލުހުން ބޭއްވި އެއްވެސް ނޫސް ކޮންފަރެންސެއްގައި، މިސާލަކަށް ސްޓޭޓް އޮފް އެމެޖެންސީއެއް ނުހިންގިގެން މިވެނި ކަމެއް ކުރެވޭކަން ނެތޭ ފާހަގަކޮށްފައެއްނުވޭ. އެފަދަ ކަމެއް ފުލުހުން ބޭނުންވާނަމަ ނުވަތަ ސިފައިން އެފަދަ ކަމެއް ބޭނުންވާނަމަ އެބޭފުޅުންގެ ފަރާތުން އެ ހުށައެޅުން ރައީސުލްޖުމުހޫރިއްޔާއަށް ދާނެ. އެހިސާބަކަށް އެކަން ދިޔައީމަ އަޅުގަނޑަށް ހީވަނީ އެކަން ނިއްމަންޖެހޭނީ ރައީސުލްޖުމުހޫރިއްޔާ." މިނިވަން މުވައްސަސާތަކާބެހޭ ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވާ ރޮޒައިނާ ވިދާޅުވިއެވެެ.

ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި މޭ ހަވަނަ ދުވަހު އެމަނިކުފާނުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ޓެރަރިސްޓުން ހިފާ ހައްޔަރު ކުރުމަށް ފުލުހުންނަށް ފުރުސަތު ދިނުމަށް ތާއިދުކުރުމަށް ވަނީ ގޮވާލާފައެވެ. އަދި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާންކޮށް، ފުލުހުންނަށް ޓެރަރިސްޓުން ހައްޔަރު ކުރުމުގެ ފުރުސަތު ދިނުމަކީ އެމްޑީޕީން ދެކޭ ގޮތް ކަމަށް އެ ގަރާރުގައިވެއެވެ.

ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީގެ މި ގަރާރާއި ގުޅިގެން ސަރުކާރުން އެކަމުގައި އަމަލު ކުރާނެ ވަކިގޮތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އެ ގަރާރު ފާސްކުރުމަށް ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ރައީސް ސޯލިހުގެ ފެކްޝަނަށް ތާއިދުކުރާ މެމްބަރުން ވަނީ ބޮއިކޮޓްކޮށްފައެވެ.

148 މެންބަރުން ތިއްބަވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެންމެ 39 މެންބަރުންގެ ވޯޓުން ފާސްކުރި މި ގަރާރު ހުށައެޅުއްވުމުގެ ކުރިން ރައީސް ނަޝީދު ވަނީ ރައީސް ޞާލިހާއެކު އޮތް ސިޔާސީ ގުޅުން ކަނޑުއްވާލައްވާފައިވާ ކަމަށް އިޢުލާން ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


10

ފާތުމާ

30-Jul-2021

ވަރަށް ކިބުރުވެރި މީހުންނަށް މަލާމާތް ކުރާ ގޮއްކުޑަ އަންހެނާ ނުހަްގުން ހުރާ ތުނޑި ބަޑު އޅާލާގެން އުޅޭ ގެހުޅު ޖެހި އީސަގެ ކަމަނާ



ޓްރެންޑިން