ކ-ވ އީސީ ޝަރީފު، ހުސައިން އަމްރު
ކ-ވ އީސީ ޝަރީފު، ހުސައިން އަމްރު
ދާދިފަހުން މާލެއިން ބޯޑުއަގުގައި ގޯއްޗެއް ބައްލަވައިގެންނެވި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު މަގާމުން ވަކިކޮށް އެމަގާމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް، އީސީ ޝަރީފް ހަމަޖައްސަން އުޅޭކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެެވެ.

އެސްޓީއޯގެ އެމްޑީ، ހުސައިން އަމްރު މަގާމުން ވަކިކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިމިވަނީ ގަލޮޅު ވައިލެޓް އަބީރު، 8.4 މިލިއަން ރުފިޔާއަށް އަމުރު ބައްލަވައިގެންނެވި މައްސަލައިގައި ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ދިވެހީންގެ މެދުގައި މިހާރު އެންމެ މަގުބޫލު ކްލަބް ހައުސްގައި މިހާތަނަށް އެންމެ ގިނަ ބަޔަކު އެންމެ ގިނައިރު ކޮށްފައިވާ އެއް ބަހުސަކީވެސް އަމްރަށް ލިބިވަޑައިގަންނަވާ މުސާރައާއި ނުބައްދަލު އަގެއްގައި މާލެއިން ބިމެއް ބައްލަވައިގެންނެވި މައުޟޫގައެވެ.

އެސްޓީއޯއިން އަމްރަށް ލިބޭ މުސާރައިން މާލޭގެ އެވަރުގެ ބިމެއް ބައްލަވައި ނުގަނެވޭނެ ކަމަށް ގިނަ ރައްޔިތުން ތުހުމަތުކުރެއެވެ. އަދި އެމައްސަލަ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ބަލަން ޖެހޭނެ ކަމަށްވެސް ގިނަ ބައަކު ބުނެއެވެ. އެ ތުހުމަތުތަކާއި ގުޅިގެން އަމްރު ވިދާޅުވީ، އެގޯތި ބައްލަވައިގަތީ ބޭންކުން ލޯނެއް ނަންގަވައިގެން ކަމަށެވެ. އެލޯނަކީ އަމުރު ހައްދަވާ ރެސްޓޯރެންޓަކާ އަޅުވާފައި ދިން ލޯނެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ. ނަމަވެސް ބޭންކުން އާދައިގެ ހަދަމުންދާ ރެސްޓޯރެންޓަކާ އަޅުވާފައި ގޯއްޗެއް ގަންނަން ލޯނެއް ދީފާނެ ކަމަކަށް ހަމަބުއްދި ހުރި އެއްވެސް މީހަކު ގަބޫލެއް ނުކުރެއެވެ.

އަމުރް މަގާމުން ވަކިކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރުނު ނަމަވެސް ސަރުކާރުގެ ރަސްމީ އިދާރާއަކުން އެކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ރަސް އޮންލައިން އަށް އެނގިފައިވާގޮތުގައި އަމްރު މަގާމުން ވަކިކުރަނީ ކޮރަޕްޝަނާއި ދެކޮޅަށް ސަރުކާރުން ގެންގުޅޭ ޒީރޯ ޓޮލަރެންސްގެ ސިޔާސަތުގެ ދަށުންނެވެ. އަމުރު މަގާމުން ވަކިކުރުމަށްފަހު އެ މަގާމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ހަމަޖައްސަން ނިއްމާފައިވާ ކަމަށް އެނގިފައިވެއެވެ.

މީގެކުރިން އަޑުތައް ފެތުރިފައިވަނީ އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ފެނަކައާ ހަވާލުވެވަޑައިގަންނަވަން އުޅުއްވާ ކަމަށެވެ. ނަމަވެސް އިތުބާރު ހުރި މަސްދަރަކުން ރަސްއޮންލައިން އަށް މައުލޫމާތު ލިބިފައިވާގޮތުން އީސީ ޝަރީފް ހަމަޖައްސަނީ އެސްޓީއޯއަށެވެ. ޝަރީފަކީ ރައީސް ޞާލިހު ވަރަށް އިތުބާރު ކުރަށްވާ، ވަރަށް ތެދުވެރި އިހުލާސްތެރި ހިންގުން ތެރިއެއްކަން މާޒީން އޭނާ ވަނީ ދައްކަވާފައެވެ. ތަޢުލީމާއި ހިންގުމުގެ ދާއިރާއިން ބެލިނަމަވެސް މިހާރު އެސްޓީއޯގެ އެމްޑީއަކަށް ހުންނެވި އަމުރާ އަޅާކިޔާއިރު އީސީ ޝަރީފަކީ ވަރަށް ގާބިލު، ދޫ ފަރިތަ، ސަރުކާރު ދިފާޢުކޮށް އިދިކޮޅަށް ރަށްދު ދެއްވޭނެ ބޭފުޅެއްކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އަމްރު މަގާމާއި ހަވާލުވެވަޑައިގެންނެވިފަހުން އެސްޓީއޯ ހިންގުން ދޯދިޔާވުމާއި މީގެ ކުރިން ބޮޑު ފައިދާއެއް ވަމުންއައި ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏަށް އެކަށީގެންވާ ނަތީޖާއެއް ނުނެރޭވޭ ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިއުން އެ ކުންފުންޏަށް ވަނީ އަމާޒުވެފައެވެ. މީގެ އިތުރުން އަމުރު އެސްޓީއޯ ހަވާލުވި ފަހުން މި ދަތި ދުވަސްވަރުގައި ވެސް އެސްޓީއޯ އިން ވިއްކާ ތެލުއަގު އަވަސް އަވަހަށް ބޮޑު ކުރަމުންދާތީ ގިނަ ބަޔަކު ވަނީ އެ ކުންފުންޏަށް ފާޑުކިޔާފައެވެ.

މީގެކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ކަމުގައި އާދަމް އާޒިމް ހުންނެވިއިރު އެ ކުންފުނިން ވަނީ ރައްޔިތުން އިތުބާރު ހޯދައި ބޮޑު ފައިދާއެއް ލިބޭ ކުންފުންޏަށް ހައްދަވާފައެވެ. އެހެން ނަމަވެސް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ހަވާލުވެވަޑައިގެންނެވި ފަހުން އެ ކުންފުންޏަށް ރައްޔިތުން ކުރާ އިތުބާރު ގެއްލި ކުންފުނީގެ ކުރިމަގާއިމެދު ވަނީ ސުވާލު އުފެދިފައެވެ.

އެސްޓީއޯގެ އެމްޑީ މިފަހުން ފާހަގަ ކުރެވިފައި ވަނީ ރައީސް ނަޝީދުގެ ފަހަތްޕުޅުން ބަރުލަމާނީ ނިޒާމަށް ތާއީދުކުރަށްވައި އެނިޒާމު ޕްރަމޯޓް ކުރަށްވަން ސޯޝަލް މީޑިއާގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަށްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި މިފަހުން އަމުރު ފެންނަމުންދަނީ ރައީސް ޞާލިހާއި ރައީސް ޞާލިހުގެ ސަރުކާރު ބަލިކޮށްލުމަށް އަމުރުގެ ޓީމުގޮވައިގެން ވަރަށް ފާޅުކަން ބޮޑުގޮތެއްގައި މަސައްކަތް ކުރަމުން ގެންދާ ބޭފުޅެއްގެ ގޮތުގައި ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު


-12

މޫސާ ނަޖިބު

12-Aug-2021

މިހުންބޯކާން ލިޔާކޮސް.


-7

މިދޫ

12-Aug-2021

މިއީ ރައީށް ސޯލިހުގެ ދިފާއުގަިއ މަސައްކަތ ްކުރާ ނޫހެއް ކަން ސާފުވޭ! މިވަރުން. އަމުރުގެ އާއްިލާއަކީ މާލޭގެ މީގެ ކުރިން ވެސް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރުމުން އައި ބައެއް ަކން ނޭގެނީ ބާ? އަދި ގަންނަ ބިން ރަހުނު ކުރާ ގޮތަށްވެސް މާލެއިން ލޯނު ލިބޭ ނޫންބާ?


-5

ރާޖޫ

12-Aug-2021

ޢަމްރު ހަވާލުވި ފަހުން އެސްޓީއޯގައި ހުރީ ހަމައެކަނި 4 ފާރު


4

ޟޫޖީ

31-Jul-2021

މިހާރުން މިހާރަށް ވަގުލާރިން ގޯތިގަނެފައިވާ މީހާ ބޭރުކުރަން ޖެހޭ


10

ޙަމްދޫން

31-Jul-2021

ކަލޭމެން ބޭނުންވާއިރަށް ސްޕޮންސަރ ނުދީގެން ދޯ


3

ޢަސްލަމް

31-Jul-2021

ކަޑާލަން މާ ލަސްވެފަ ހުރި އެމް.ޑީ އެއް ތީ


4

ބޮޑުވަރު

31-Jul-2021

ޢެސްޓީއޯގެ ތާރީހުގަ އެންމެ ބޮޑު ފައިދާއެއްވެފަ އޮތީ އަމްރު ހަަވާލުވީ ފަހުން 😁 އަމްރުގެ އެެމްބީ އޭއަށްވުރެ ޝަރީފް ވަކި ކޮލިފައިޑް އެއް ނޫން



ޓްރެންޑިން