ކ-ވ ޑރ.ޝަހީމް، ރޮޒައިނާ
ކ-ވ ޑރ.ޝަހީމް، ރޮޒައިނާ
ރައީސް ޔާމީނަކީ އައިސިސް ދިދަނަގައިން މުޒާހަރާކުރުވި ބޭފުޅެއްކަމަށް ވިދާޅުވެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ދެއްކެވި ވާހަކަ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ކުށްވެރިކުރައްވައިފިއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ރައީސް ޔާމީނަކީ އައިސިސް ދިދަނަގައިން މުޒާހަރާކުރިއިރު އެކަން ދައްކަން ހުރި ބޭފުޅެއް ކަމަށެވެ. ރޮޒައިނާގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމުގައިވެސް ހުންނެވި ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ‏އިސްލާމްދީނުގެ ރީތި ތަޞައްވުރާއި ތަހުޒީބު ވިސްނުމުގެ މައްޗަށް އިޖުތިމާޢީ ވެށި ބިނާކުރަން ކުރީގެ ރައީސް އަބުދު ﷲ ޔާމީން ވަރަށް މަސައްކަތްޕުޅު ކުރެއްވި ކަމަށެވެ.



އަދި ސިޔާސީ ގޮތުން ޚިޔާލު ތަފާތު ވިނަމަވެސް ދޮގުވާހަކަތައް ދައްކައި ނަފްރަތު އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"ހަރުކަށި ވިސްނުންތަކުން ޒުވާން ޖީލު ސަލާމަތްކުރެއްވުމަށް ވަރަށް ގިނަ ގުނަ ހަރުދަނާ މަސައްކަތްތަކެއް އެމަނިކުފާނު (ރައީސް ޔާމިން) ކުރެއްވި." ރައީސް ޔާމިންގެ ކެބިނެޓްގެ އިސްލާމިކް މިނިސްޓަރު ކަމާއި އެމަނިކުފާނު އުފެއްދެވި އިސްލާމިކް ޔުނިވަސިޓީގެ ފުރަތަމަ ޗާންސެލަރުގެ މަގާމު އަދާކުރެއްވި ޑރ. ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީނާއި އައިސިސްއާއި ގުޅުވައިގެން ރޮޒެއިނާ ވާހަކަ ދެއްކެވީ ރައީސް ނަޝީދު ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތްކުރުމަށް ރައީސް ޔާމީނާއި އެކުގައި މަސައްކަތްކުރުމަށް ޝައުގުވެރިކަން ފާޅުކުރެއްވުމާއި ގުޅިގެންނެވެ.

ރައީސް ޔާމީނާއި އެކު ހަރުކަށި ފިކުރާއި ދެކޮޅަށް ރައީސް ނަޝީދު ކުރައްވަން އޮންނާނީ ކޮންކަމެއްތޯ ރޮޒައިނާ ވަނީ ސުވާލު ކުރައްވާފައެވެ. ރޮޒައިނާ ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެކުގައި ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތް ނުކުރެވިގެންގޮސް ރައީސް ޔާމީނާއެކު މަސައްކަތްކުރަން ބަލާއިރު، ފަސްމަންޒަރު އޮތީ އެގޮތަށް ކަމަށެވެ. ހަރުކަށި ފިކުރުގެ ޖަމާއަތެއްގެ ގޮތުގައި އިއުލާންކޮށްފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަކީ ދީނީ ނަމުގަައި ހައްދު ފަހަނައަޅާފައިވާ ލާ އިންސާނީ ޖަރީމާތައް ހިންގާ ޖަމާއަތެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން