ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، ދުބާއީއަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ރައީސް ޞާލިޙް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރުފަހު އެނބުރި މާލެ ވަޑައިގެންފައިވާކަމަށެވެ. ރައީސް ޞާލިހު މިދަތުރުފުޅުގައި ޔޫއޭއީއަށް ފުރާވަޑައިގެންނެވީ މިމަހުގެ 27 ވަނަ ދުވަހުއެވެ.

މިއީ މިއީ އީދު ބަންދާއި، މިނިވަން ދުވަހުގެ ބަންދުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރެއްވި ނުރަސްމީ ދެ ވަނަ ދަތުރުފުޅެވެ. އެމަނިކުފާނުގެ ވަނީ އަވަށްޓެރި ސްރީލަންކާއަށްވެސް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާއެކު މަޝްވަރާތަކެއް ރައީސް ޞާލިހު ބޭއްވެވިއެވެ.

ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް މިއަދު މާލެ ވަޑައިގެންނެވިއިރު، އީދު ޗުއްޓީއާ ގުޅިގެން ސަރުކާރުން ބަންދުވެފައި އޮތުމަށްފަހު، މާދަމާ ސަރުކާރުގެ އޮފީސްތައް ހުޅުވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން