އަހުމަދު މަސްނޫމް   31 ޖުލައި 2021 - 23:11
ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދިޔަ އދ. ކުނބުރުދޫ، ފެހިގެ، އަޙްމަދު ނައުފަލް (26އ) ފެނިއްޖެއެވެ.

ފުލުހުން ބުނީ ނައުފަލް ފެނިފައިވާކަމަށާއި، އޭނާގެ ހާލު ރަނގަޅުކަމަށެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.

ރަސް އޮންލައިންއަށް މައުލޫމާތު ލިިބިފައިވާ ގޮތުގައި ނައިފަލްގެ ހަބަރެއްވީ އޭނާ އަމިއްލައަށް އާއިލާއަށް ގުޅާފައި ރިޕޯޓްކުރުމުންނެވެ. އަދި އޭނާގެ ޚަބަރެއް ނުވީ ފޯނު ހަލާކުވެފައި އޮތުމުންކަމަށްވެސް މައުލޫމާތު ލިބެއެވެ.

ނައުފަލް ހޯދަން ފުލުހުން އިއުލާންކުރީ އިއްޔެއެވެ. ނަމަވެސް މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވެއެވެ.

ނައުފަލް މާލެ އައި ކަމަށް ބެލެވެނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އޭނާ މާލެ އައީ އޭނާ މަސައްކަތްކުރާ ކުނބުރުދޫއަށް ނިސްބަތްވާ ކަންނެލި ދޯންޏެއް ކަމުގައިވާ ޒިކުރާ 3 ދޯނީގެ ވަތައް ވެއްޓި ފަޔަށް ލިބުނު އަނިޔާއަކަށް ބޭސް ކުރާށެވެ.

އޭނާ މާލެ އައީވެސް މަސައްކަތްކުރާ ދޯނީގައެވެ. ހުޅުމާލެއަށް ދޯނި ލެފިގޮތަށް ނައުފަލް ފައިބައިގެން ދިޔައީ މާލެއަށްކަމަށް އޭނާގެ ބޮޑުބޭބެ ކިޔައިދިނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން