އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ކައިރީގައި ހުރި ގޯތިތައް ނެގުން މަޑުޖައްސާލަން ކޯޓު އަމުރަކަށް އެދިއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ ފަރާތާއި ހުޅަނގު ފަރާތުން ދޫކޮށްފައިވާ ގޯތިތައް ނެގުމަށް ނިންމާފައެވެ. އެކަމާއި ގުޅިގެން އެ ސަރަހައްދުން ގޯތި ލިބިފައިވާ 18 ފަރާތަކުން ވަނީ އެ ނިންމުން ތަންފީޒުކުރުން ހުއްޓުވައިދިނުމަށް އެދި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި އެދިފައެވެ.

ކޯޓަށް ހުށަހަޅާފައިވާ މައްސަަލައިގައި އެ ނިންމުން ތަންފީޒުކުރުން ހުއްޓުވައިދިނުމުގެ އިތުރުން، އެ ނިންމުން ބާތިލުކޮށްދިނުމަށްވެސް އެދިފައިވެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުގައި ހުރި ގޯތިތައް އެތަނުން ނެގުމަށްފަހު، ބަދަލުގައި ގޯތިތައް ދޭން ނިންމީ ހިތަދޫ ސްޓޭޑިއަމް ސަރަހައްދުންނެވެ. ނަމަވެސް އެއީ މީހުން އުޅެން އެކަށީގެންވާ ސަރަޙައްދެއް ނޫންކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިއީ ސިޓީގެ ހުރިހާ ރައްޔިތުންގެ މަސްލަހަތަށް ބެލުމަށްފަހު ނިންމާ ނިންމުމެއްކަމަށެވެ. އަދި ގޯތިތައް ނަގާނީ އަދުލުވެރި ބަދަލެއް ދިނުމަށްފަހުކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން