ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ގެކޮޅެއް ބިނާކުރުމަކީ ސަރުކާރުން ކުރާ ބޯ ހަމަނުޖެހޭކަމެއް ކަމަށް ކުރީގެ ސައިންސް މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވެފައި މިވަނީ، މާލޭގެ ރައްޔިތުން ވެހިކަލް ޕާކްކުރަން ޚާއްސަކޮށްފައި އޮތް ސަރަހައްދުތަކެއްގައި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ގެކޮޅު ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ފަށަން ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ނުރުހުންވެސް ފާޅުކުރަމުންނެވެ. އަދި މާލެއަކީ ކުޑަ ތަނަކަށްވާއިރު، ސަރުކާރު ވެރިންނަށް މުޅި މާލެއިން ގެދޮރު ހަމަޖެއްސުމަކީ އެެެހެން ރައްޔިތުންނަށް އޭގެ އުނދަގޫ ޖެހޭނެކަމެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިކަމާއި ގުޅިގެން ކުރީގެ މިނިސްޓަރ މަލީހު ވިދާޅުވީ މަޖިލިސް ރައީސަށް މާލެގައި ގަނޑުވަރު ބިނާކުރުމަކީ މިސަރުކާރުން ކުރާ ބޯހަމަނުޖެހޭ ކަންކަމުގެ އާ އުސްމިނެއްކަމަށެވެ. އަދި އަލަަށް އުފެދޭ ސަރުކާރުން ގަނޑުވަރު ތަޅާ ބިމާ ހަމަކޮށް ރައްޔިތުންނަށް އަލުން ޕާކުކުރެވޭ ތަނެއްގެ ގޮތުގައި އެތަން ހަމަޖައްސަންޖެހޭނެކަމަށް މަލީހު ވިދާޅުވިއެވެ. އަދި މާލެ ވާންޖެހޭނީ އެންމެނަށް އަމާންތަނަކަށްކަމަށްވެސް މަލީހު ވިދާޅުވިއެވެ.



"ރަސް އޮންލައިން"އަށް މައުލޫމާތު ލިބިފައިވާގޮތުގައި މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު އެޅުމަށް ހަމަޖައްސާފައިވަނީ ތީމުގޭ ކުރިމަތީގައި އޮންނަ ދަންޑެހެލުގޭގައެވެ. މިހާރު އެއީ ޕާކިން ޒޯނެކެވެ. އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅު އެޅުމަށް ނިންމާފައިވަނީ މަޖީދިއްޔާ ކުރިމަތީގައި އޮންނަ ކުރީގެ ސްކައުޓް އެސޯސިއޭޝަން ހިންގި އިމާރާތް ހުންނަ ބިމުގައެވެ. އަދި އެތަންތަން ބިނާކުރެވެންދެން ދައުލަތުން ފޯރުކޮށްދޭ ރަސްމީގެކޮޅުގެ ގޮތުގައި ރައީސް ނަޝީދަށް މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ރެހެންދި އެޕާޓްމަންޓް ކޮމްޕެލްކްސްއިން އެޕާޓްމަންޓެއް ވަގުތީ ގޮތުން ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން