އަހުމަދު މަސްނޫމް   1 އޯގަސްޓު 2021 - 2:8
ކޯވިޑަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ދ. ކުޑަހުވަދޫއަށް އަރައި ފޭބުން އެޗްޕީއޭއިން މަނާކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދ. ކުޑަހުވަދޫއަށް އަރައި ފޭބުން މަނާކުރީ އެ ރަށުން މާލެ އައި މީހަކު ކޯވިޑަށް ޕޮޒިޓިވްވުމުންނެވެ. އެމީހާއަކީ އީދު ބަންދަށް އެރަށަށް ދިޔަ މީހެއްކަމަށްވެއެވެ.

ދ. ކުޑަހުވަދޫ އެޗްޕީއޭއިން މޮނިޓަރިންގ ހާލަތަށް ގެނެސްފައިވަނީ އެ ކޭސްއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ނިމެންދެނެވެ.

ކުޑަހުވަދޫ މޮނިޓަރިންއަށް ލުމާއެކު މިވަގުތު ރާއްޖޭގެ 12 ރަށެއް އޮތީ މޮނިޓަރިންގައެވެ.



ކިޔުންތެރިންގެ ހިޔާލު