މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު މިއަދު ރެކޯޑް އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދު ﷲ މައުސޫމް ވިދާޅުވެއްޖެއެެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ އެއްދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން އަންނަ ދުވަހަށް މިއަދު ވާނެކަމަށެވެ. އަދި މީގެކުރިން އެންމެ ގިނަ ޓޫރިސްޓުން އެއްދުވަހެއްގައި އައިސްފައިވާ ދުވަހަކީ މި އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަސްކަމަށާއި ނަމަވެސް އެ އަދަދަށް ވުރެ މިއަދު އަންނާނެކަމަށް ލަފާކުރެވޭ ޓޫރިސްޓުން އިތުރުކަމަށް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވިއެެވެ.



މާޗް މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 5،516 ފަތުރުވެރިންނެވެ. ކޮވިޑް 19 އާ ގުޅިގެން މިދިޔަ އަހަރުގެ މާޗް މަހު ބޯޑަރު ބަންދުކޮށް ޖުލައި 15 ގައި އަލުން ހުޅުވިފަހުން މިދިޔަ އަހަރު 555،494 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެެވެ. އެހެން ނަމަވެސް އޭގެކުރީ އަހަރު 1.7 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެެވެ.

ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ މިއަހަރު އެއްމިލިއަން ނުވަތަ 1.5 މިލިއަން ފަތުރުވެރިން ރާއްޖެގެނައުމަށް އަމާޒު ހިފާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން