ކުޑަކުދިންނަށް ކާބޯތަކެތި އެޅުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ "މުޝީ" ބްރޭންޑްގެ ސިިލިކޯން ސަކްޝަން ޕްލޭޓާއި ސިލިކޯން ސްނެކް ކަޕުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދޭތީ އެ ތަކެތި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަންގައިފި އެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ތަށިތަކަށް ކާބޯތަކެތި އެޅުމުން ކާބޯތަކެއްޗަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭ ކަމަށެވެ.

އަދި "މުޝީ" ބްރޭންޑުގެ ސިިލިކޯން ސަކްޝަން ޕްލޭޓާއި ސިލިކޯން ސްނެކް ކަޕް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އަންގާފައިވާތީ އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ގެއްލުންވާނެ މިންވަރު ބެލުމުގެ މަސައްކަތް އެމްއެފްޑީއޭ އިން ކުރަމުން އަންނަ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަކި ގޮތެއް އަންގަންދެން އެ ތަކެތި ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން