07 ވަނަ އެޕިސޯޑް
==========
[ތަދުވަނީތަ؟ ބުނޭ...ޒައިހާ ތިގޮތަށް އަހަރެންގެ ކުރިމަތީގައި ރުއީމާ، އަހަންނަށް ވަރަށް އަސަރުކުރޭ....] މުއީޒް ޒައިހާގެ ލޯ ފޮހެދޭން ފެށިއެވެ. ޒައިހާ ނޫނެކޭ ބުނާފަދަ ގޮތަކަށް ބޯހޫރާލިއެވެ.
[މުއީޒް....އަޅެ....އަހަންނާ ސުވާލެއް ނުކުރާނަންތަ؟] ޒައިހާ މުއީޒުގެ މޭގެތެރޭގައި މޫނު ފޮރުވާލަމުން، ރޮވިފައިވާ އަޑަކުން އެއްސެވެ.
[ކޮން ސުވާލެއްތަ އަހަރެން ކުރަންވީ؟] ލުއި ހިނިތުންވުމަކާއެކު މުއީޒް އެހިއެވެ.
[މުއީޒް ހިތްހަމަޖެހުނުތަ މިރޭ....] މިހެން އަހާލެވުމާއެކު، އަނެއްކާވެސް ޒައިހާގެ ބަޑިފަޅައިގެންދިޔައެވެ.
[އާނ....ވަރަށް ހިތްހަމަޖެހުނު....އަބަދުވެސް ކުރެވޭ އިޙްސާސްތައް ކުރެވި، އެ ހިތްހަމަޖެހުން ލިބުނު. އެހެން ރޭތަކާ މާބޮޑު ތަފާތެއްނެތް. އެހެން ނަމަވެސް، މިނިވަންކަމުގެ ހިތްހަމަޖެހުން ލިބުނު.] މުއީޒް އެހެން ބުނީމާ، ޒައިހާއަށް ލިބުނީ ބޮޑު ސިހުމަކާއި ކުއްލި ޝޮކެކެވެ. ތެޅިގަނެވުމާއެކު، އޭނާއަށް މުއީޒާ ދުރަށް ޖެހިލެވުނެވެ. މުއީޒް އެބުނި އެއްޗަކުން އޭނާ ހިތްބިރުގަތީކަހަލައެވެ.
[ކީކޭ...ކީކޭ ތިބުނީ..ކާކުތަ....] ޒައިހާ ފަހަތަށްޖެހެން ފެށިއެވެ.
[ޒައިހާ...މިއީ މުއީޒޭ.....އަހަރެން ބުނީ އަހަރެން ހިތްހަމަޖެހުނު ވާހަކަ...ޒައިހާ އަހަންނަށް ކަމެއް ސިއްރު ކުރަނީތަ؟] މުއީޒް ކުރިއަށްޖެހި ޒައިހާގެ އަތުގައި ހިފެހެއްޓިއެވެ. ޒައިހާ މުއީޒްގެ މޫނަށް ބަލަން ފެށިއެވެ. ސުވާލުގެ ނަޒަރުންނެވެ.
[މުއީޒް ބުނީމެއްނު....އެހެން ރޭތަކެއްގެ ވާހަކަ. އޭގެ މާނައަކީ ކޮބާ......؟[ އެހުރިގޮތަށް މުއީޒްގެ މޫނަށް ބަލަން ހުރެފައި ޒައިހާ އެއްސެވެ. މުއީޒް ހީގަތެވެ.
[ޒައިހާ ތިވަރުވެސް ނޭނގޭތަ. އަހަރެން ބުނީ، ކުރީގެ ބައްދަލުވުންތަކުގެ ވާހަކަ....ދެން ތި މަޥްޟޫޢު ނިންމާލާފައި ނިދަން އުޅެމާ....] މުއީޒް ޒައިހާ އަތުލަފިކޮށްގެށް ގެންގޮސް އެނދުގައި އިށީނެވެ. ޒައިހާއަށް ހިތްހަމަޖެހުން ލިބުނީ އެއަށްފަހުގައެވެ. ވަގުތީ ހިތްހަމަޖެހުމެއް ލިބުނަސް، އެ ހިތްހަމަޖެހުން ދާއިމަށް ޙިއްޞާ ކުރުމަށްޓަކައި، އެ ވާހަކަ ފިރިމީހާއަށް ކިޔައިދިނުމަށް އޭނާ ޤަޞްދު ކުރެއެވެ.
އޭނާގެ ޒުވާންކަން ނަގާލި ޖިންނީގެ ވާހަކަ ފިރިމީހާއަށް ކިޔައިދޭން އޭނާ ބޭނުމެވެ. ނަމަވެސް، އޭނާގެ މަންމައާއި ބައްޕަވަނީ އެކަން މުއީޒަށް ސިއްރު ކުރުމަށް ބުނެފައެވެ. އެ ސަބަބާހުރެ އެދެކުދިންގެ ދިރިއުޅުން ރޫޅެން ނޭދޭތީއެވެ.
[މަންމާ....އަހަރެން އެބަ ވިސްނަން، މުއީޒަށް އެވާހަކަ ކިޔައިދޭން.] ޖެހިގެން އައި ދުވަހު ހެނދުނު ޒައިހާ، އޭނާގެ މަންމައާ މަޝްވަރާ ކުރިއެވެ.
[ނޫނޭ....އެއްގޮތަކަށްވެސް ކަމަކުނުދާނެ. ދަރިފުޅު ފުރަތަމަ އޭނާ ރަނގަޅަށް ދަސްކުރޭ. އަދި ކައިވެންޏަށް އެންމެ ދުވަހެއްވެސްނުވޭ. ދަރިފުޅުގެ ތިޔަ ވިސްނުން އެއްގޮތަކަށްވެސް ކަމަކުނުދޭ....] ޒައިހާ ގާތުގައި އިށީންނަމުން ބަދުރިއްޔާ ބުންޏެވެ.
[އެކަމަކު މަންމާ، އަހަރެން ނުބުނެހުއްޓާ، އޭނާއަށް އެކަން އެނގިއްޖެއްޔާ، ދެންވާނީ ކިހިނެއް......އޭރުން އޭނަ އަހަރެންދެކެ މުޅިން ފޫހިވެދާނެ....] އިރުކޮޅަކު ވިސްނަން އިނދެފައި ޒައިހާ ބުނެލިއެވެ.
[ދަރިފުޅާ....ކަންކަމުގައި ތިވަރަށް އަވަސްއަރައިގަނެގެން އުޅޭކަށްނުވާނެ....މަންމަ ބުނެފީމެއްނު، ދަރިފުޅު ފުރަތަމަ މުއީޒް ދަސްކުރާށޭ....] ބަދުރިއްޔާ ގާތަށް ހިސާބަކަށް ރުޅިއައެވެ.
[ދުވަހަކުވެސް ޒައިހާއަކަށް އަހަރެން ދަހެއްނުވާނެ.] އެހިނދު ދޮރުމަތިން މުއީޒްގެ އަޑުއިވި، ބަދުރިއްޔާއާ ޒައިހާ ސިހުނެވެ.
މުއީޒް ހުރީ ހިނިއައިސްފައެވެ. ބަދުރިއްޔާއާއި ޒައިހާގެ ދެމައިން ތިބީ ނިކަން ހާސްވެ ކަންބޮޑުވެފައެވެ. މުއީޒް ވަދެގެން އައިސް ޒައިހާއާ ޖެހިގެންހުރި ގޮނޑީގައި އިށީނެވެ.
[މާ އޮލަކޮށް ކޮން ވާހަކައެއް ތިދައްކަނީ.....ކޮންކަމަކަށްތަ އަހަރެން ދަސްކުރަން ޖެހެނީ....] މުއީޒް ހީވަނީ ބަދުރިއްޔާމެން ދެއްކި ހުރިހާ ވާހަކައެއްވެސް އަޑުއަހަން ހުރެފައި އައިސްވަނީހެންނެވެ.
[މަންމަ މިކިޔަނީ ކުއްޖަކު ހޯދުމުގެ ކުރިން، ދެކުދިން އެކަކު އަނެކަކަށް ދަސްކުރަންވާނޭ....މި މަންޖެއަކީ މާ ކުޑަކުދިންދެކެ ލޯބިވާ މަންޖެއެއްވިއްޔަ.....ދޯ ދަރިފުޅާ....] ބަދުރިއްޔާ ވަގުތުން ވާހަކައެއް ހަދާލިއެވެ. މަންމަގެ ވިސްނުމާމެދު ފިކުރުކުރެވި، ޒައިހާ ގާތަށް ހިނިވެސްއައެވެ.
[އަހަރެންވެސް މާއަވަހަށް ޢާއިލާއެއް އުފައްދާކަށް ނުވިސްނަން.....މަންމަގެ ތިވާހަކައަށް އަހަރެންވެސް އެއްބަސް.] މުއީޒްގެ ޖަވާބު އައިގޮތުން ބަދުރިއްޔާމެން ހީކުރީ މުއީޒަށް އެއްވެސް ކަމެއް ނޭނގޭ ކަމަށެވެ. ވުމާއެކު، ބަދުރިއްޔާމެނަށް ހިސާބަކަށް ހިތްހަމަޖެހުން އިޙްސާސް ކުރެވުނެވެ.
[ދަރިފުޅުގެ ވިސްނުން ވަރަށް ރަނގަޅު. އެއްގޮތަކަށްވެސް މާ އަވަސްއަރައިގަނެގެން އުޅޭނެ ކަމެއް ނެތް.....މާލައިނުގަނެގެން ކުރާ ކަންތަކުގެ ނަތީޖާ މާ ރަނގަޅެއް ނުވާނެ...ދަރިޔަކު ހޯދުމުގެ ކުރިން ވަރަށް ވިސްނަންވާނެ...އެހެން ނޫނީ ނަތީޖާ ވަރަށް ގޯސްވާނެ...އަދި މަންމަ ބޭނުން ޒައިހާއަށްވެސް ނަޞޭޙަތްތެރިވަން....އެކަމަކު މިހާރަކު ނޫން....] ބަދުރިއްޔާ ވާހަކައިގެ ތެރެއިން ޒައިހާއަށްވެސް އިޝާރާތް ކުރިއެވެ. ޒައިހާ ހިނިތުންވެލިއެވެ.
[ކޮބައިތަ މަންމަގެ ނަޞޭޙަތަކީ؟] ޒައިހާގެ ހިތްއަވަސްވީ ކަހަލައެވެ. އަބަދުވެސް މަންމަގެ ނަޞޭޙަތުގެ އަޑުއަހައި، އެ ނަޞޭޙަތަށް ތަރުބިއްޔަތުވުމަކީ ޒައިހާއަށް ޤުދްރަތުން ދެއްވާފައިވާ ހެޔޮ އަދާއެކެވެ.
އަބަދުވެސް އޭނާ މަންމަގެ އަޑުއަހައެވެ. އެކަނި މަންމައެއް ނޫނެވެ. ބައްޕަގެ އަޑުވެސް އަހައެވެ. އެދެމަފިރިން ޒައިހާދެކެ އެވަރަށް ލޯބިވަނީވެސް އެހެންވެގެންނެވެ. އުފަން ދަރިޔަކަށްނުވިޔަސް، ޙުސްނީ ޒައިހާދެކެ ލޯބިވެއެވެ. ޒައިހާގެ މުސްތަޤްބަލާ ދޭތެރޭ އަބަދުވެސް އޭނާ ވިސްނައެވެ.
ޙުސްނީއަކީ ވަރަށް ތަފާތު މީހެކެވެ. ބަދުރިއްޔާއާ ކައިވެނި ކުރުމަށްފަހު، އަދި އަދަށް ދާންދެންވެސް ޒައިހާގެ ޙަޤީޤީ ބައްޕައާ ބެހޭގޮތުން އޭނާ ބަދުރިއްޔާ ގާތު ސުވާލެއް ނުކުރެއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި، އަނބިމީހާގެ މާޒީ އެހުމަކީ ބޭނުންތެރި ކަމެއް ނޫނެވެ. ކޮންމެ މީހަކީވެސް ތަފާތު މާޒީއެއް ޙިއްޞާކޮށްފައިވާނެ މީހެކެވެ. އަނެކާގެ މާޒީ އޮޅުންފިލުވަން އުޅެގެން، ނުބައި (ނުރަނގަޅު) ނަތީޖާއެއް ނުކުތުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ވުމާއެކުވެސްމެއެވެ. ބަދުރިއްޔާގެ މާޒީ، އޭނާ އޮޅުންފިލުވަން ބޭނުންނުވަނީ އެހެންވެގެންނެވެ. ނަމަވެސް، އޭނާގެ ރައްޓެހިންގެ ފަރާތުން މޭރުންވާ ގޮތުގައި، ޒައިހާގެ ބައްޕައަކީ އެދުވަސްވަރު އެރަށަށް އަރުވާލާފައި ހުރި މާލޭގެ މުއްސަނދި ވިޔަފާރިވެރިއެކެވެ. އެމީހަކު ހުރިކަމަށްވަނީ ޒައިހާގެ މިހާރުގެ ފިރިމީހާ މުއީޒްގެ މަންމަމެންގެ މައިފުނަގޭގައެވެ. އެ ވިޔަފާރިވެރިޔާ އާދެ! މަނިކު އެދުވަސްވަރު އެރަށުގެ ވަރަށްގިނަ ބަގީޗާތަކަށް ޒިޔާރަތްކޮށް، އެތައް މަލަކުން ފޮނިބުއިކަމަށްވެސް ވެއެވެ. އެއީ ބައެއް ބަގީޗާތަކުގެ ވެރިން ފަސްދަޅައަށް ހެއްލުމުގެ ހިތި ނަތީޖާއެވެ. ހެއްލުމަކީ ގެއްލުމެއްކަން، ކުރިން އެވެރިންނަށް ގަބޫލު ކުރެވުނުނަމަ، އެމާތަކުގެ ކަރުގަނޑުތަކަށް އެ ވިހަ ކަށިތައް ހެރުމުގެ ފުރްޞަތެއް ނުލިބުނީސްކަން ކަށަވަރެވެ.
[ޙުސްނީ ބުނެބަލަ، އެއްފަހަރުވެސް ބަދުރިއްޔާ ގާތު އަހާލިންތަ، ޒައިހާގެ ބައްޕައަކީ ކާކުހޭ؟] ބަޝީރާއި ޙުސްނީ ވާހަކަ ދައްކަން ތިބީ އެރަށުގެ އަތިރިމަތީގައި ހުންނަ ހޮޅުއަށީގައެވެ.
[ދެން މިހާ ދުވަސްކޮށްފައި އެވާހަކަ އެހުމުގެ ބޭނުމަކީ ކޮބާ؟ ޒައިހާ އެއީ އަހަރެންގެ ދަރިއެއްނު....އަހަރެން ދެކެނީ އެއީ އަހަރެންގެ އުފަން ދަރިއެއް ކަމަށް. މިހާ ދުވަސްކޮށްފައި ބަދުރިއްޔާގެ މާޒީ ތިލަކޮށްފައި، އެހަނދާންތައް އާކޮށްދިނުމުގެ މާނައެއް ނެތް....އަހަންނެއް ނާހާނަން....އެމަންޖެވެސް އަހަރެންދެކެ ނުލާހިކު ލޯބިވޭ....އަދިވެސް ބަދުރިއްޔާ އިހުހެން އަހަރެންދެކެ ލޯބިވޭ....މިބުނީ އަޅާލާ ވާހަކަ. އިޙްތިރާމްކުރާ ވާހަކަ....މިހާރު އަހަރުމެން މިތިބީ ދެބައިޢުމުރުން މަތިވެފައި. އެކަމަކުވެސް ބުނަން....ބަދުރިއްޔާއަކަށް ކުޑަވެސް ބަދަލެއް ނާދޭ....އަހަރުމެން ދެމަފިރިން ގޭތެރޭގައި އުޅޭއިރު، މިހާރުވެސް ހީވަނީ އަލަށް ލޯބިވެގެން އުޅޭ ދެކުދިންހެން. އޭނާ އަހަރެން ކެއިތޯ ބަލާނެ. ބަނޑުހައިވޭތޯ ބަލާނެ. ފެންވަރާތޯ ބަލާނެ. އޭނައަށް ވެގެންވަންޏާ ނަލަހެދިގެން ނޫނީ ބޭރަށްވެސް ނުކުތަކަނުދޭނެ. ދެދުވަސް ވަންދެން އެއްހެދުންލިޔަކަ ނުދޭނެ. އޭނައަށް އެނގޭނެ، އަހަރެން ހެދުން ބަދަލުކުރަންވިޔަސް...ބަޝީރު ބުނަން އެއީ ގެވެހިކަމުގެ ލާމަސީލު ނަމޫނާއެއް....ހިތަށްއަރާ، ޢާއިލާއާއި ރައްޓެހިންނާ ދެކޮޅަށް ކުރެވުނު ކައިވެންޏަކީ އަހަރެންގެ ނަޞީބޭ.....] ޙުސްނީ، އޭނާގެ ވިސްނުންތޫނުފިލި އަނބިމީހާއަށް ތަޢުރީފުގެ ބަސްތައް ގަތާލިއެވެ.
[އެހެންވެދޯ ޙުސްނީ އަބަދުވެސް ތާޒާކޮށް ފެންނަނީ....] ސަމާސާ ރާގުގައި ބަޝީރު އެއްސެވެ. ހިނގައިގަންނަމުންނެވެ.
[ބަޝީރަށް އެނގޭތަ، އުފާވެރި ދިރިއުޅުމަކީ ޒުވާންކަން ދާއިމްވުމުގެ ވަރަށްބޮޑު ބާރެއް...ޢުމުރުން ފަސްދޮޅަސް އަހަރުވާއިރުވެސް އަހަރެން ހުންނާނީ މިގޮތަށް....] ޙުސްނީ ފަޚްރުވެރިވެލިއެވެ.
[ޙަސީނާވެސް ގޯހެއް ނޫން...އެކަމަކު އޭނަގެ ހުރޭ ވަރަށްބޮޑު މައްސަލައެއް. އެމައްސަލަ ޙައްލު ކުރުމަށް އަހަރެން އޭނައަށް ވަރަށް ނަޞޭޙަތްތެރިވިން. މައްސަލައަކީ ނަޞޭޙަތް އަޑުނާހާތީ.....] ބަޝީރު ބޯހޫރާލިއެވެ.
[ކޮބައިތަ މައްސަލައަކީ!؟] ޙުސްނީ އެއްސެވެ.
[އިތުބާރު ނުކުރުން. އޭނަގެ ކަމަކީ އަބަދުވެސް ޝަކުވާކުރުން. އަޅުވާކިޔާކަށްވެސް ނޯންނާނެ މީހެއް މީހެއް...ރަޙްމަތްތެރިންނާ ދޭތެރޭވެސް ޝައްކުކުރޭ....ގެޔަށް ވަދެއްޖެއްޔާ އަހަރެން ޖެހޭނީ ދެކަންފަތުގައި އަތް އަޅައިގެން ހުންނަން.....އެހާވެސް ބޮލަށް އުނދަގޫކުރޭ....އަހަންނަށް ހީވަނީ ފިރިމީހާއަށް ކޮންމެވެސްވަރަކަށް އިތުބާރުކުރަންވާނެހެން....ބައެއްފަހަރު ހިތަށްއަރާ، ކައުންސިލިންގ ދޭންވީއޭވެސް. އަހަންނަށް ހީވަނީ ކޮންމެވެސް ބަޔަކު އޭނައަށް ނަޞޭޙަތްތެރިވާން ވެއްޖެހެން.] ބަޝީރު ކިޔައިދިނެވެ.
[އަހަރެން އޭނައަށް ނަޞޭޙަތްދެންތަ؟] ޙުސްނީ އިސްނެގިއެވެ. އޭނާއެކޭ އެއްފަދައިން ރަޙްމަތްތެރިޔާއަށްވެސް ބާއްޖަވެރި ދިރިއުޅުމަކަށް އެދޭތީއެވެ.
[އަހަރެންގެ ރައްޓެއްސަކުދޭ ނަޞޭޙަތް އޭނާ އަޑެއްނާހާނެ. މާ ބޯހަރުވާނެ. އަހަންނަކަށް މިހާރު ނޯވޭ އޭނައާ ދޭތެރޭ މާބޮޑު ޔަޤީންކަމެއް.....މިބުނީ އެ އާދައަކީ ކަށީގައި ހިފާފައިވާ ކަމަކަށްވާތީ ނުފިލާނެ ވާހަކަ...އެންމެ ހެއްވާ ކަމަކީ، ކޮންމެ ދެދުވަހުން އެއްދުވަހު، އަހަރެން ކުރިން ރައްޓެހިވެފައިވާ އަންހެނުންގެ ވާހަކަ ދައްކައި ކޮންމެވެސް އެއްޗެއް ކިޔާނެ. ދެން ހިނގާ، މިވާހަކަ ހުއްޓާލާފަ ދަމާ.....] ބަޝީރު ތެދުވިއެވެ.
[އެކަމަކު ދޯ އަހަރެން ހީކޮށްގެން މިހުންނަނީ ވަރަށް އުފާވެރި ދިރިއުޅުމެއް ކަމަށްތީ........ހިނގާ ގެއަށްދަމާ....] ޙުސްނީވެސް ތެދުވިއވެ.
[ގޭތެރޭގައި އުޅޭއިރު ކަންފަތަށް އުނގުރި ޖަހައިގެން އުޅޭ.....]ގެޔާ ދިމާއަށް ހިނގައިގަންނަމުން ޙުސްނީ ބުނެލިއެވެ.
[ތިބުނީ ރަނގަޅަށް. އުނގުރި ޖަހައިގެން އުޅެންވީ. އެނޫން ގޮތަކަށް ޝަކުވާގެ އަޑުތަކުން ސަލާމަތެއް ނުވެވޭނެ.] ބަޝީރު ޙުސްނީއަށް ތާއީދުކޮށްފައި ބުންޏެވެ. އެއަށްފަހު، އޭނާވެސް ހިނގައިގަތީ ޙުސްނީގެ ފަހަތުންނެވެ. ޙުސްނީގެ ގެޔަށް ވަދެލާނަމޭ ހިތައެވެ.
ދުވަސްކޮޅަކަށްފަހު އެގެއަށް ވަންފަހަރުވެސް، ޙުސްނީ ކެނޑީ ފޮނި ނޫންކަން ބަޝީރަށް އެނގުނެވެ. ބަޝީރަށް ފެނުނީ ނަމޫނާ މެހްމާންދާރީއެކެވެ. އެހިނދު ބަޝީރުގެ ހިތަށްއެރިއެވެ.....އަހަރެންގެވެސް ހުންނަނީ އަންބެކެވެ.
[ބަޝީރު ކޮން ދުނިޔެއެއްގައިތަ؟ އަވަހަށް ތި ކޮފީތަށި ބޯން ފަށާބަލަ.] ބަޝީރު ސިހުނީ ޙުސްނީގެ އަޑުންނެވެ.
[މި މާޙައުލާ ދޭތެރޭ ފިކުރުކޮށްލެވުނީ...ޒައިހާ ނޫޅެނީތަ؟] ޙުސްނީއަށް ޖަވާބު ދިނުމަށްފަހު، ބަދުރިއްޔާ ގާތު އެއްސެވެ.
[އެމަންޖެވީ ފިރިމީހާއާއެކު، ފިރިމީހާގެ ގެޔަށްގޮސް....ޙުސްނީ އަހަރެން ވަރަށް އުފާވޭ، އެދެކުދިން އުޅޭ އުފާވެރި ދިރިއުޅުން ފެނުނީމާ.] ދެތަށި ފެން މޭޒުމަތީގައި ބަހައްޓަމުން، ބަދުރިއްޔާ ވާހަކަ ދެއްކިއެވެ.
[އެއީ ތި ދެމަފިރިންގެ ތަރުބިއްޔަތު. ޚާއްޞަކޮށް، ބަދުރިއްޔާގެ މަސައްކަތް....ދޯ ޙުސްނީ.] ބަޝީރު ބަދުރިއްޔާއަށް ތަޢުރީފްކުރީ ޙުސްނީއަށް ދޯދެމުންނެވެ. ބަޝީރަށް ތާއީދު ކުރުމުގެ ގޮތުން، ތިޔަބުނީ ވަރަށްބޮޑު ތެދެކޭ ޙުސްނީވެސް ބުންޏެވެ.
[އަމިއްލައަށް ފަޚްރުވެރިވެވުނު ކަމުގައިވިޔަސް، އަހަރެން ބުނާނީ މައިންބަފައިންވާންޖެހޭނީ، ދަރިންނަށް ނަމޫނާއަކަށޭ. އެކުދިންނަށް މަގު ދައްކަން ތިބީ އަހަރެމެން. އަހަރުމެންވާނެއެއްނު، އެވަރު ދަންނަންދޯ ޙުސްނީ.] ބަދުރިއްޔާވެސް ވާހަކަ ދައްކަމުން ދޯދިނީ ޙުސްނީއަށެވެ.
[ހުރިހާ އަންހެނުންނަށްވެސް ބަދުރިއްޔާގެ ތި ސިކުނޑި ލިބިފައިވާނަމަ، ފަހުގެ ޖީލުތައް ރަނގަޅުވާނެ.] ދެންވެސް ބަޝީރުކުރީ ތަޢުރީފެވެ.
އެވަގުތު ޒައިހާއާއި މުއީޒްގެ ދެމަފިރިން ތިބީ، މުއީޒްމެން ގޭގައި މުއީޒްގެ ކޮޓަރީގައެވެ. ޒައިހާ މުއީޒްގެ ކޮޓަރިތެރޭ އޮތް ކުރީގެ ފޮޓޯ އަލްބަމެއް ބަލަނީއެވެ. އޭގައިވަނީ މުއީޒާއި އޭނާގެ ޢާއިލާގެ ތަފާތު ޒަމާންތަކުގެ ފޮޓޯތަކެވެ.
[އަޅެ، މުއީޒްގެ ބައްޕައާއި މުއީޒް، އެއްވެސް ވައްތަރެއް ނޫން. މުއީޒް ވައްތަރީ މިމީހާއާ. ކާކުތަ މިއީ....] ޒައިހާ މުއީޒާއި އޭނަގެ ބައްޕައާ ދެބަފައިންގެ ފޮޓޯއަށް ބަލަން އިނދެފައި، ޖެހިގެން އޮތް ފޮޓޯއަށް އިޝާރާތްކޮށްފައި ބުންޏެވެ.
[ކީއްވެތަ ވައްތަރުވާންވީ؟ ތީ މިރަށަށް އަރުވާލި މީހެއް. ތި މީހާ ހުރީ މާމަމެންގޭގައި. މަނިކު ކިޔަނީ. މާލޭގެ ބޮޑު ވިޔަފާރިވެރިއެއް އެއީ. މިހާރުވެސް އޭނަ ގުޅާނެ ދޭތެރެ ދޭތެރެއިން.....] މުއީޒް އޮޅުންފިލުވައިދިނެވެ.
[އެކަމަކު މުއީޒް މަނިކާ ހާދަ ވައްތަރޭ....] ޒައިހާ މުއީޒަށް ބަލައި، ފޮޓޯއަށް ބަލައިލުމަށްފަހު އަޅާކިޔާލިއެވެ.
[ވެދާނެއެއްނު، އަހަރެންގެ ޙަޤީޤީ ބައްޕައަކީ އެއީ ކަމަށްވެސް. ދެން މާ ވާހަކަ ގިނަނުކޮށް، އަވަހަށް ތި ބަލާ ނިންމާލާ. އެހެން ނޫނީ ތި ހިފައިގެން ގެއަށްދާން ހިނގާ....] ހީގަންނަމުން މުއީޒް، ޒައިހާގެ ބޮލުގައި އަތްކާއްތާލިއެވެ.
[އަޅެ އަޞްލުވެސްތަ. އަހަރެން މި އަލްބަމް ހިފައިގެން ދާނީ. ހިނގާ ދާން.] ޒައިހާ އަލްބަމް ހިފައިގެން ތެދުވިއެވެ.
ޒައިހާއާއި މުއީޒް ކޮޓަރިން ނުކުތްއިރު، ބޮޑު ކޮޓަރީގައި މަންމަ މުއުމިނާ، ދުވަސްވެފައިވާ ނޫސް މަޖައްލާއެއް ކިޔަން އިނެވެ.
[ދަރިފުޅުމެން ދަނީތަ؟] މުއީޒްމެން ކޮޓަރިން ނުކުތުމާއެކު، ކިޔަންއިން ފޮތް ބާއްވާލުމަށްފަހު މުއުމިނާ އެއްސެވެ.
މުއީޒް އާއެކޭ، އެންމެ ރަނގަޅު ނޫންހޭ ބުނެފައި ހިނގައިގަތީމާ، ކޮންމެ ދުވަހަކު ދުވާލުން ބައެއްގައި މިގޭގައިވެސް އުޅެންވާނޭ ބުނެފައި، މުއުމިނާ އަނެއްކާވެސް ފޮތް ކިޔަން ފެށިއެވެ.
ޒައިހާމެން ގެއަށް ދިޔައިރު، އިންތިޒާރުގައި މަންމަ ބަދުރިއްޔާ އިނީ ލޯދިގުވެފައެވެ.
[ދަރިފުޅާ ކޯއްޗެއްތީ؟ މަންމަ ހީކޮށްގެން މިހުންނަނީ ދަރިފުޅުމެން މިރޭ ނާންނަނީ ކަމަށް.] ޒައިހާމެން އައިސް ވަނުމާއެކު، ބަދުރިއްޔާ ބުންޏެވެ. ޒައިހާ މިއީ މުއީޒްގެ އެކިޒަމާންތަކުގެ ފޮޓޯތަކެކޭ ބުނެ، މަންމަ އަތަށް އަލްބަމް ދީފިއެވެ. ބަދުރިއްޔާ އަލްބަމްގެ ގަނޑުތައް އުކަން ފަށައިފިއެވެ. ބަލާލާފައި ގެނެސްދޭށޭ ބުނެފައި، ޒައިހާއާއި މުއީޒް ގޮސްވަނީ ކޮޓަރިއަށެވެ.
ނުހަނު ޝައުޤުވެރިކަމާއެކު ގަނޑުތައް ބަލަމުން އުކަމުންދިޔަ ބަދުރިއްޔާ ހުއްޓުނީ އަލްބަމްގެ މެދަކާ ހިސާބުންނެވެ. އެ ފޮޓޯ ފެނުމުން އޭނާގެ ގައިން ހީބިހި ނަގައިގެންދިޔައެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު