އަހުމަދު މަސްނޫމް   2 އޯގަސްޓު 2021 - 14:6
ރ. އަނގޮޅިތީމު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ ރ. އަނގޮޅިތީމު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށިލުމުގެ މަސައްކަތް 24 ޖޫން 2021 ވަނަ ދުވަހު ނިމިފައިވާކަމަށްވެސް އެމްޓީސީސިން ބުނެއެވެ. އެމްޓީސީސީން ބުނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެވެސް 55 ޕަސެންޓް މިހާރު ނިމިފައިވާކަމަށެވެ.



އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 42,615 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 221 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 91 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1110 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ހިމެނޭކަމަށެވެ. އަދި މި މަޝްރޫޢަކީ 40.7 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށް އެމްޓީސީސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން