ރައީސުލްޖުމްހޫރިއްުޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ގެއްލިފައިވާ އަދި އިހުމާލުވެފައިވާ މީހުންގެ ވާހަކަ ނުދައްކަނީ ކީއްވެތޯ ވިދާޅުވެ، ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ސުވާލު އުފައްދަވައިފިއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހާޒިރުކުރުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

މި ވެރިކަމުގައި ވީނުވީއެއް ނޭނގި ގެއްލުނު އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާއަށް ވީގޮތެއް މިހާ ގިނަދުވަސްވީއިރުވެސް ނޭނގުނީ ކީއްވެތޯ ވިދާޅުވެ އާދަމް ޝަރީފް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މިވެރިކަމުގައި މިގޮތަށް ގެއްލިފައިވާ އަދި އިހުމާލުވެފައިވާ މީހުންގެ ވާހަކަ ނުދައްކަނީ ކީއްވެތޯވެސް އާދަމް ޝަރީފް ސުވާލު އުފެއްދެވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މަރު ކޮމިޝަނަށް މިސަރުކާރުގެ ވެރިން ހާޒިރުކުރާނެ ދުވަސް ދުރެއް ނޫންކަމަށެވެ.

"ޝިމާއަށް ވީގޮތެއް މިހާ ގިނަ ދުވަސްވީއިރު ނޭނގުނީ ކީއްވެ؟ ހުރަސް އަޅަނީ ކާކު؟ މިވެރިކަމުގައި މިގޮތަށް ގެއްލިފައިވާ އަދި އިހުމާލުވެފައިވާ މީހުންގެ ވާހަކަ ނުދައްކަނީ ކީއްވެ؟ މަރު ކޮމިޝަނަށް މިސަރުކާރުގެ ވެރިން ހާޒިރުކުރާނެ ދުވަސް ދުރެއް ނޫން." އާދަމް ޝަރީފް ވިދާޅުވިއެވެ.



19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒަކީ ޑިންގީއެއްގައި ލ. އަތޮޅު ކައްދޫން އެއަތޮޅު މާމެންދުއަށް ދަތުރުކުރަމުން ދަނިކޮށް 2019 އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހުގެރޭ ގެއްލުނުކަމަށް ބުނާ ޒުވާން އަންހެންކުއްޖެކެވެ. ޝިމާ ގެއްލުނު ހާދިސާގައި އެންމެ ބޮޑަށް ތުހުމަތުގެ އިނގިލި ދިއްކުރެވެނީ ޝިމާއާއެކު ޑިންގީގައި ދަތުރުކުރި މުހައްމަދު ފަޒީލަށެވެ. ބޮޑެތި ކުށްތަކުގެ ރެކޯޑް އޮންނަ ފަޒީލް ޝިމާ މަރާލައިފައިވާ ކަމަށް ގަބޫލު ކުރާ އެތައް ބަޔަކުވެސް އެބަތިއްބެވެ.

ފަޒީލް ބުނާގޮތުންނަމަ ޝިމާ ގެއްލުނީ ސިކްސް ސެންސަސް ރިސޯޓާ ދިމާލު ކަނޑުއޮޅީގައި ތެޔޮ އަޅަން މަޑުކޮށްގެން އޮއްވައި ޑިންގީ ބަންޑުން ޖަހާލުމުންނެވެ. އަދި އެ ހާދިސާގައި ފަޒީލް ސަލާމަތްވީ އޭނާ ފަތާފައި ގޮސް އެ ރިސޯޓަށް އެރުމުން ކަމަށް އޭނާ ބުނެއެވެ.



ރައީސް ޞާލިހުގެ ވެރިކަމުގައި ހިނގި މިހާދިސާއަށް 2 އަހަރެއްހާ ދުވަސްވެފައިވާއިރުވެސް، އަދިވެސް މިކަމުގެ ހަޤީޤަތް ނުހޯދޭތީ ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން