ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން، ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުވާން އަންގައިފިއެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ނިންމާފައިވަނީ، ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ. ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަން ނިންމާފައިވަނީ މިއަދުގެ މެންދުރު 2:00 އަށެވެ.

އާރަށުގެ މައްސަލައިގައި ފުލުސް އޮފީހަށް ހާޒިރުވާން އެންގިއިރު، މިމައްސަލަ ތަހުގީގުކޮށް، ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވަނީ ފޮނުވައިފައެވެ. ނަމަވެސް މީގެކުރިންވެސް މިމައްސަލަ ޕީޖީއަށް ފޮނުވާފައިވަނިކޮށް ހަމަ އެ މައްސަލައިގައި ރައީސް ޔާމީން ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީން މިއަދު ފުލުސް އޮފީހަށް ހާޒިރުކުރާއިރު، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވާ، ލޯންޑަރކުރިކަމަށް ބުނާ މައްސަލައިގެ ޝަރީއަތަށް ރައީސް ޔާމީން އިއްޔެ ވަނީ ކްރިމިނަލް ކޯޓަށްވެސް ހާޒިރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން