ރާއްޖޭގެ އެންމެ ފުރަތަމަ ޗައިލްޑް ނިއުޓްރިޝަން ކްލިނިކް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި ކްލިނިކް ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށެވެ. ހާއްސަކޮށް ކުޑަ ކުދިން ހެދިބޮޑުވުމުގައި ދުޅަހެޔޮ ކެއިން ބުއިމުގެ އާދަތަކަށް އަހުލުވެރިކޮށް އެކަމަށް ހާއްސަ ޑޮކްޓަރުންގެ ލަފާ ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އެގޮތުން މި ކްލިނިކުގައި ގަވާއިދުން ހެލްތު ސްކްރީންކުރުމާއި ނިއުޓްރިޝަން ކައުންސިލިންގެ ހިދުމަތުގެ އިތުރުން ކުއްޖާގެ އުމުރާ އެކަށީގެންވާ ގޮތަށް ފަރުވާ ހޯދުމުގެ ފުރުސަތުވެސް މިކްލިނިކުން ލިބޭނެކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

ހެލްތު މިނިސްޓްރީއާއި ޔުނިސެފްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި އުމުރުން ފަސް އަހަރުން ދަށުގެ ކުދިންގެ ތެރެއިން 17 ޕަސެންޓު ކުދިންނަކީ ހުންނަންވާ މިންވަރަށް ވުރެ ބަރުދަން ދަށުގައި ހުންނަ ކުދިންނެވެ. އަދި 22 ޕަސެންޓު ކުދިންނަކީ ހުންނަންވާ މިންވަރަށް ވުރެ ބަރުދަން އިތުރު ނުވަތަ ފަލަބަލީގެ ކުދިންނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި ކްލިނިކުގެ އަމާޒަކީ މި ފަދަ ސިއްހީ މައްސަލަތަކުން ކުޑަކުދިން ދުރުކޮށް، ސިއްހީ ގޮތުން ދެނެގަންނަންޖެހޭ ކަންކަން ދެނެގަތުން ކަމަށެވެ. މީގެއިތުރުން އެކުދިންގެ ކެއުމުގެ އާދަތައް ދެނެގަނެ ސިއްހީ ގޮތުން ރައްކާތެރި އަދި ދުޅަހެޔޮ ގޮތްތަކެއް ކުދިންނަށާއި އެ ކުދިންގެ އާއިލާއާ ހިއްސާކުރުން ވެސް މިކްލިނިކްގެ މުހިންމު މަގުޞަދު ތަކުގެ ތެރޭގައި ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން