ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތަށް ސަބްސިޑީ ހޯދަން މާލެ ސިޓީ ކައުންސިލުން އެންސްޕާއަށް ހުށަހަޅައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ މިއީ ފްލެޓް ލިބުނު މީހުންނަށް ކުރުމަތިވެފައިވާ މާލީ ބުރަތަކަށް ލުއި ހޯދައިދިނުމުގެ ގޮތުން ކުރާ މަސައްކަތެއްކަމަށެވެ. އެގޮތުން އެންސްޕާއިން ސަބްސިޑީ ހޯދުމަށް މިހާރު ހުށަހަޅާފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތަށް ސަބްސިޑީ ހޯދަން މާލެ ސިޓީ ކައުންސިލުން އެންސްޕާއަށް ހުށަހެޅިނަމަވެސް މިހާތަނަށް އެންސްޕާގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށްވެސް ސޓީ ކައުންސިލުން ބުނެއެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް ސަރުކާރުން ތިން މަސް ދުވަހުގެ މުއްދަތެއް ދިން ނަމަވެސް އެ މުއްދަތު ނުވަ މަސްދުވަހަށް އިތުރު ކޮށްދިނުމަށްވެސް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. މީގެއިތުރުން ޕެންޝަން ފަންޑުގައި ފައިސާ ހުރި މީހުންނަށް ފްލެޓްތައް ނިންމުމުގެ ހަރަދު ހަމަޖައްސައިދިނުމަށްވެސް ސިޓީ ކައުންސިލުން ސަރުކާރުގައި ކުރިން އެދިފައިވެއެވެ. ނަމަވެސް އެކަމަށްވެސް އިޖާބަ ދީފައެއް ނުވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ފިނިޝިންގ މަސައްކަތާއެކު، 5000 ވަރަކަށް ރުފިޔާ މަހަކު ދައްކާ ގޮތަށް ހިޔާ ފްލެޓް ދޭން ނިންމާފައި އޮއްވާ ރައީސް ޞާލިހުގެ ސަރުކާރުން ވަނީ ފިނިޝިންގ މަސައްކަތް ނުނިންމާ، 7،500 ރުފިޔާ އެތަންތަން ދޭން ނިންމާފައެވެ. މިސަރުކާރުން ބުނެފައިވަނީ ކުރީ ސަރުކާރުން އަގު ކަނޑައެޅީ ނުބައިކޮށް ހިސާބު ޖަހައިގެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން