ފުވައްމުލަކު ސިޓީގެ ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑުނު މައްސަލައަށް ވަގުތީ ހައްލެއް ލިބިއްޖެކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ފުވައްމުލަކު ސިޓީން ފެނާއި ކަރަންޓުގެ ޚިދުމަތް ކެނޑިފައިވަނީ، ރޭ ފަތިހު ހަތަރެއް ޖަހާކަންހާއިރުއެވެ. އަދި ފެނާއި ކަރަންޓްގެ ޚިދުމަތް މެދުކެނޑުނީ ކަރަންޓުގެ ހިދުމަތް ދޭން ބޭނުންކުރާ ހައި ވޯލްޓޭޖު މައި ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުންކަަމަށް، ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.

ފެނަކައިން ބުނީ މިހާތަަނަށް ކުރި މަސައްކަތުން ފުވައްމުލަކަށް ދިމާވި ކަަރަންޓްގެ މައްސަލައަށް ވަގުތީ ހައްލެއް ލިބިފައިވާކަމަށެވެ. ނަމަވެސް ފެނަކައިން އެދިފައިވަނީ ކޮންމެހެން ބޭނުންކުރަންޖެހޭ އާލާތްތައް ނޫނީ މިވަގުތު ބޭނުން ނުކުރުމަށެވެ.



ފުވައްމުލަކު ސިޓީގެ ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑުނު މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާއިރު، އެކަމަށް 12 ވަރަކަށް ގަޑިއިރު ނަގާފާނެކަމަށް ފެނަކައިން ލަފާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން