އިނގިރޭސި ވިލާތުގެ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރެއް މާލޭގައި ހުޅުވައިފިއެވެ.

މި ސެންޓަރު ޤާއިމްކޮށްފައިވަނީ ފޮރިން މިނިސްޓްރީގެ މައި އިމާރާތުގައިކަމަށާއި އެ މިނިސްޓްރީގައި ޤާއިމްކޮށްފައިވާ އިނގިރޭސިވިލާތުގެ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރުން ވިސާ އެޕްލިކޭޝަންތައް މިއަދުން ފެށިގެން ބަލައިގަންނަމުންދާނެކަމަށް އެމިނިސްޓްރީން ބުނެފައި ވެއެވެ.

ޔޫކޭ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރުން، ކުރިން އެޕޮއިންޓްމަންޓް ހައްދާފައިވާ ފަރާތްތަކުގެ ޑޮކިއުމަންޓްތައް ބަލައިގަތުމާއި، ބަޔޯމެޓްރިކްސް އެންރޯލްމަންޓް މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.



މިއީ އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިންނަށް، ވަކިން ޚާއްސަކޮށް މަތީ ތަޢުލީމަށް އެޤައުމަށް ދަތުރުކުރާ ދަރިވަރުންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ގޮތެއްގައި ހަމަޖައްސައިދިނުމުގެ ގޮތުން ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ހުޅުވި ސެންޓަރެއްކަމަށް ސަރުކާރުން ބުނެއެވެ.

މި މަސައްކަތަކީ ދިވެހި ރައްޔިތުންނަށް ފޮރިން މިނިސްޓްރީން ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ބައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން