ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލާގައި ދައުވާ ކުރަން މިހާތަނަށް ފޮނުވި މީހުންނަށް ދައުވާ ކުރުމާ މެދު ގޮތްތަކެއް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލާގައި ދައުވާ ކުރަން މިހާތަނަށް ފޮނުވި މީހުންނަށް ދައުވާ ކުރުމާމެދު ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ. އަދި އެ ކަމުގައި ގޮތްތަކެއް ނިންމި ނަމަވެސް އޭގެ ތަފްސީލްތައް ހާމަ ކުރާނީ މާދަމާ އެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުން އޮތީ މާދަމާ މެންދުރުފަހު 2:00 ގައެވެ.

ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާ އާއި ގުޅިގެން ފުލުހުން ވަނީ 10 މީހަކު ހައްޔަރު ކޮށްފަ އެވެ. ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.

މި ހަތަރު މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. މީގެ އިތުރުން މި ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކ. މާލެ މާފަންނު ކުދެހިގެ އިސްހާގާއި ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީއާއި އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީނެވެ.

މިމައްސަލައިގައި އެންމެ ފަހުން ދައުވާ ކުރަން ފޮނުވާފައިވަނީ ހަމަލާ ރޭވުމުގައި އިސްކޮށް މަސައްކަތް ކުރި ކަމަށް ތުހުމަތުކުރެވޭ އަލީ ހައިޝަމަށެވެ.

ފުލުހުން މީގެ ކުރިން ބުނީ ހަމަލާ ދިނުމަށް ރާވާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ މީހުންނަކީ މުހައްމަދު ތަސްލީމާއި އިސްހާގު އަދި އަލީ ހައިޝަމް ކަމަށެވެ. އަލީ ހައިޝަމަކީ ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ބައިވެރިވި މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


13

އަލީ ނަސީމް

12-Aug-2021

ތިތަންތަން ފިނިޝިން ނުނިންމައި މީހުންނަށް ދޫކުރީ, ރައީސްގެ ކޮއްކޯފުޅު ފަދަ ފޯރާ މީހުންނަށް ނޫނީ ހަވާލުވާން ނުކެރޭނެތީ ނިކަމެތީންގެ ފްލެތްތައް ނުސީދާކޮށް އެމްޑިޕީގެ ތަނަވަސް މީހުންނަށް ބަހައިލުމަށް ޓަކައު. އޭރުން އަނެއްކާވެސް ނިކަމެތި ރައްޔިތު މީހާ ކުއްޔައް ހިފާންޖެހޭނީ މުއްސަނދީންގެ ތަންތަންތާ!



ޓްރެންޑިން