ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ މަހުގެ ނިޔަލަށް މިއަދު ދިގު ދަންމާލައިފިއެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި ނެރުއްވި ގަރާރުގައި ބުނެފައިވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، މި ކުއްލި ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދެވުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަންގަވާފައިވާ ކަމަށެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމުން މާޗު 12، 2020 ގައި އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ މަހު އެކަކާ ހަމަ އަށް އިތުރު ކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ނަސީމްގެ ގަރާރުގައިވެއެެވެ.

ކުއްލި ހާލަތުގެ މުއްދަތު އިތުރުކޮށްފައިވާއިރު ކޮވިޑްގެ ކޭސްތައް މާލެ ސަރަހައްދުގައި މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެހެން ނަމަސް ކޮޮވިޑް ކޭސްތައް އަތޮޅު ތެރޭގައި ބައެއް ރަށްރަށުގައި ވަނީ އިތުރުވެފައެވެ. ހާލަތު އެންމެ ގޯސް ރަށްތަކުގެ ތެރޭގައި ހިމެނެނީ ގދ. ނަޑެއްލާ އާއި ކ. ކާށިދޫ އެވެ. އެޗްޕީއޭ އިން ބުނީ މިހާރު ވެސް 13 ރަށެއް މޮނީޓަރިންގެ ހާލަތުގައި އެބައޮތް ކަމަށެވެ.

ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް ދަށްވާން ފެށުމާއެކު ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ސަރުކާރުން ވަނީ ދީފައެެވެ. އޭގެތެރޭގައި ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް ނެގެޓިވް ޕީސީއާރު ޓެސްޓްގެ ނަތީޖާ އާއެކު ކަރަންޓީނާއި ނުލައި ދަތުރުކުރުން ހިމެނެއެެވެެ. ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތައަށް މި މަހުގެ ނިޔަލަށް ރާއްޖޭގައި ވެކްސިން ދިނުމަށް ސަރުކާރުން ވަނީ ނިއްމާފައެެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަށް ދައްކާގޮތުން މިހާރު 268،244 މީހަކު ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން