ސަރުކާރުގެ ހަރަދު ފޫބައްދަން ބޮޑުތަކުރުފާނު ގަނޑުވަރު ފިޔަވައި ހުރިހާ ތަނެއް މޯގޭޖްކޮށްފިކަމަށް ކުރީގެ ސައިންސް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވެފައި މިވަނީ ދައުލަތުގެ ބިންތަކެއް ރަހުނުކޮށްގެން ސަރުކާރަށް ފައިސާ ހޯދަން މަސައްކަތްކުރަމުންދާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މަލީހު ވިދާޅުވީ ‏އެމްޑީޕީއަކީ ފަނާކުރާ ފިކުރުގެ ޕާޓީއެއްކަން ސާބިތުކޮށްދެނީ ހަރުމުދަލާއި ބިންތައް ރަހުނުކޮށްގެން ފައިސާ ހޯދުން ފަދަ ކަންކަންކުރާތީކަމަށެވެ. އަދި 3 އަހަރުގެ ތެރޭގައި ފައިސާ ހޯދޭނެ އެސެޓެއް އުފައްދަން ނޭގުނުކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ރިކަރަންޓް ޚަރަދު ފޫބައްދަން ދަރައްޏަށް ފައިސާ ހޯދަން ބޮޑުތަކުރުފާނު ގަނޑުވަރު ފިޔަވާ ހުރިހާ ތަނެއް މޯގޭޖްކޮށްފިކަމަށެވެ. އަދި މިވަރުވުމުން ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދެއްވަން ޖެހޭކަމަށްވެސް މަލީހު ގޮވާލެއްވިއެވެ.

"އެމްޑީޕީއަކީ ފަނާކުރާ ފިކުރުގެ ޕާޓީއެއްކަން ސާބިތުކޮށްދެނީ މިފަދަ ކަންކަމުން. 3 އަހަރު ތެރޭގައި އެސެޓެއް ކްރިއޭޓްކުރަން ނޭގުނު. ރިކަރަންޓް ޚަރަދު ފޫބައްދަން ދަރައްޏަށް ފައިސާ ހޯދަން ބޮޑުތަކުރުފާނު ގަނޑުވަރު ފިޔަވާ ހުރިހާ ތަނެއް މޯގޭޖްކޮށްފި. މިވަރުވީމަ އިސްތިއުފާދެއްވާ." މަލީހު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ދައުލަތުގެ ބައެއް ބިންތައް ރަހުނުކޮށްގެން ބޮންޑެއް ވިއްކުމަށް މަސައްކަތްކުރަމުން އަންނައިރު، މި ބޮންޑު ބޭނުންކުރުމަށް ރަހުނުކުރަން އުޅެނީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެއާއި އޮލިމްޕަހެވެ. އެ ދެ އިމާރާތުގެ އިތުރަށް މާލޭ ސުކޫލުތަކުގެ މިލްކުވެރިކަން އެޑިއުކޭޝަން މިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް ބަދަލުކޮށްދިނުމަށް އެދިފައިވާކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މީގެ ކުރިން ސުކޫކެއް ވިއްކުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ މިލްކުވެރިކަންވެސް ބަދަލުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން