އަހުމަދު މަސްނޫމް   3 އޯގަސްޓު 2021 - 14:44
ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

މިމަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނީ ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 85 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން، ދުއްވާ ސަރަޙައްދުގެ ސަބްގްރޭޑް މަސައްކަތްތައްވެސް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. މީގެއިތުރަށް އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތުގެ 95 ޕަސެންޓްވެސް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.



މި މަޝްރޫޢުގެ ދަށުން، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މި މަޝްރޫޢަކީ 28.02 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށް އެމްޓީސީސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން