އިތުރު ޓެސްޓަކާ ނުލައި ރާއްޖޭގައި ވެހިކަލް ދުއްވުމުގެ ރާއްޖޭގެ ދާއިމީ ލައިސަންސް އިންޑިއާ ރައްޔިތުންގެ އިތުރު އިތުރު 24 ގައުމުގެ ރައްޔިތުންނަށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިގޮތަށް ނިންމީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން ޤަބޫލުކުރާ ޤައުމުތަކުން ދޫކޮށްފައިވާ ޞައްޙަ ލައިސެންސެއް އޮތް މީހުންނަށް، ގާނޫނުގައި ބަޔާންކުރާ އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުންކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވާ ޤައުމުތަކުގެ ލިސްޓުގައި އިންޑިއާގެ އިތުރުން 24 ގައުމެއްވެސް ހިމެނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިގޮތަށް ލައިސަންސް ދޭން ނިންމާފައިވާ ގައުމުތަކަކީ އަފްޣާނިސްތާން، ބޫޓާން، އިންޑިޔާ، ނޭޕާލް، ޕާކިސްތާން، ސްރީލަންކާ، ބުރުނައީ، ކެމްބޯޑިއާ، އިންޑޮނީޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ފިލިޕީންސް، ސިންގަޕޫރު، ތައިލެންޑް، ވިއެޓްނާމް، ޖަޕާން، އިނގިރޭސިވިލާތް، އެމެރިކާ، ޗައިނާ، ޔުނައިޓެޑް އެރެބް އެމިރެޓްސް، ސްވިޓްޒާލޭންޑް، ސައުދީ އަރަބިއްޔާ، ބެލްޖިއަމް އަދި ޖަރުމަންވިލާތެވެ.

އިންޑިއާ މީހުންނަށް ޓެސްޓަކާއި ނުލައި ލައިސަންސް ލިބުނަސް، ޓެސްޓް ނުހަދައި ލައިސެންސް ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖޭގައި އެންމެ ގިނައިން އުޅޭ ބަންގްލަދޭޝް ނުހިމެނެއެވެ. އެހެންކަމުން މިއީ ކޮން ގޮތަކަށް ބަލާފައި ނިންމެވި ނިންމެވުމެއްކަމެއް ނޭނގެއެވެ.

ނަމަވެސް މިސަރުކާރަކީ އިންޑިޔާގެ ނުފޫޒު ބޮޑު ސަރުކާރެއްކަމުން، މިއީ އެ ނުފޫޒުގެ ތެރެއިން ނިންމެވި ކަމެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ވިފާގު

12-Aug-2021

ބަލަ މި ލިސްޓް ގަ ޗައިނާ ވެސް އެބައޮތޭ.. ނިފާޤުކަން ބޮޑު ބައެއްތީ



ޓްރެންޑިން