ފުވައްމުލަކު ސިޓީގެ ކަރަންޓު ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކުރުމަށް އައްޑޫ ސިޓީން ޓްރާންސްފޯމަރެއް ގެންގޮސްފިއެވެ.

ހޯމަދުވަހުގެރޭ ފަތިހު ދިމާވި މައްސަލައަކާއި ގުޅިގެން ފުވައްމުލަކުން ފެނާއި ކަރަންޓުގެ ޚިދުމަތަށް ވަނީ ބުރޫ އަރާފައެވެ. އިއްޔެ ކުރި މަސައްކަތުން އެމައްސަލައަށް ވަގުތީ ހައްލެއް ލިބިފައިވީނަމަވެސް، އަދިވެސް މައްސަލައަށް ދާއިމީ ހަައްލެއް ނުލިބެއެވެ.

ފެނަކައިގެ އޮފިޝަލަކު ވިދާޅުވީ، ފުވައްމުލަކު ކަރަންޓު ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކުރުމަށްޓަކާ އައްޑޫސިޓީން 4500 ކޭވީއޭގެ ޓްރާންސްފޯމަރެއް ފުވައްމުލަކު ސިޓީއަށް ގެންގޮސްފައިވާކަމަށެވެ. އަދި ޓްރާންސްފޯމަރު އަންލޯޑުކުުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، މިއަދުގެ ވަގުތެއްގައި އެ ޓްރާންސްފޯމަރު މައި ނެޓްވޯކާ ގުޅާލެވޭނެކަމަށްވެސް ފެނަކައިން ބުނެއެވެ.

ފުވައްމުލަކު ސިޓީން ކަރަންޓާއި ފެނުގެ ޚިދުމަތް މެދުކެނޑިފައިވަނީ މައި ނެޓްވޯކުގައި ހިމެނޭ 2500 ކޭވީއޭގެ ޓްރާންސްފޯމަރަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން އެ ސިޓީގެ ގާތްގަނޑަކަށް 80 އިންސައްތައަށް ފެނާއި ކަރަންޓުގެ ޚިދުމަތަށް ވަނީ ބުރޫ އަރާފައެވެ. މިކަމަށް ވަގުތީ ހައްލެއް ހޯދާ، އިއްޔެގެ ވަގުތެއްގައި ފުވައްމުލަކުގެ އެކި ސަރަޙައްދުތަކަށް ފެނަކައިން ވަނީ ކަރަންޓު ފޯރުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޢަބުދުﷲ

12-Aug-2021

ޢައްޑޫގައި ޓުރާންސްފޯރމަރު ހަދަނީތަ؟ އައްޑޫގައި ސްޕެއާރ ޓްރާނސްފޯރމަރު ހުރިގޮތައް ފުއައް މުލަކުގައިވެސް ހުރުން މުހިއްމު.


6

ޢަބުދުﷲ

12-Aug-2021

ޢައްޑޫގައި ޓުރާންސްފޯރމަރު ހަދަނީތަ؟ އައްޑޫގައި ސްޕެއާރ ޓްރާނސްފޯރމަރު ހުރިގޮތައް ފުއައް މުލަކުގައިވެސް ހުރުން މުހިއްމު.



ޓްރެންޑިން