އިދިކޮޅު ޕީޕީއެމްގެ ބޭފުޅުން ވާހަކަ ދައްކަވަނީ އިންތިހާބުގެ ކުރިން ބަލި ގަބޫލުކޮށްފިކަން ދޭހަވާފަދަ ގޮތަކަށްކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޑރ. މައުސޫމް މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ޑރ. މައުސޫމް ވިދާޅުވީ ‏އިދިކޮޅު ޕާޓީީގެ ބައެއް އިސް ބޭފުޅުން "ވާދަވެރި" ގޮތަކަށް ބަސް ވިދާޅުވުމުން ދޭހަވަނީ އިންތިޚާބު އިއުލާނުކުރުމުގެ މާކުރިން އެވެރިން ބަލި ގަބޫލު ކޮށްފިކަންކަމަށެވެ.

" ރައީސް ޞާލިޙު ހަމަ މޮޅީ." މިސަރުކާރުގެ ދެވަނަ ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވިއެވެ.



ޑރ. މައުސޫމް ވިދާޅުވީ ކޯވިޑް ތެރޭގައި އިގްތިސާދު އިނދަޖެހިފައި އޮތްއިރުވެސް ރައީސް ސާލިހު ގައުމު ހިންގަމުންދަނީ އިދިކޮޅު ފަރާތްތައް ހަސަދަވެރިވާހާ މޮޅަށްކަމަށެވެ.

"އިކޮނުމީ ފުލުގަޖައްސާލި ކޮވިޑުތެރޭވެސް ޤައުމު ހިންގަމުން އެ ގެންދަވަނީ އެއުރެން ޖޭ ވާހާ މޮޅަށް." ރައީސް ސާލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ޑރ. މައުސޫމް ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ހަލަބޮލިވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައި، ރައީސް ސާލިހުގެ އިސްތިއުފާއަށް ވެސް ގޮވަމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އެމްޑީޕީއަށް ނުވަތަ ރައީސް ނަޝީދަށް މާބޮޑަށް ފާޑު ކިޔާ މަންޒަރެއް ނުފެނެއެވެ. މުޅިންވެސް ފެންނަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކާއި ރައީސް ސާލިހަށް ފާޑުކިޔާ މަންޒަރެވެ.

ރައީސް ނަޝީދު ދަދިފަހުން ވަނީ އިދިކޮޅު ޕީޕީއެމާއި އަދި ރައީސް ޔާމީނާއި ގުޅިވަޑައިގެން ސިޔާސީ މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރަށްވާފައެވެ. އަދި ސިޔާސީ ގޮތުން ރައީސް ޞާލިހައެކު އޮތް ގުޅުން ކަނޑުއްވާލައްވާފައިވާކަން ވެސް ރައީސް ނަޝީދު ވަނީ އިޢުލާން ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން