ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މޭ މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން، ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ، މެއި 6 ޓެރަރިސްޓް ހަމަލާގައި ހިމެނޭ ހަތަރު މީހަކަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އަދި ހަމަލާގެ ތަހުގީގުގައި ބައިވެރިވި ފުލުހުންގެ އޮފިސަރުން ކުރި މަސައްކަތަށް ސާބަސް ދެއްވާ ކަމަށް ޙަމީދު ވިދާޅުވެފައިވެއެވެ.
ފުލުހުން ބުނީ، ރައީސް ނަޝީދަށް މެއި ހަވަނަ ދުވަހު ދިން ހަމަލާ ދީފައިވަނީ ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތެއް ކަމަށްވާ އައިއެސް އާ ގުޅުން ހުރި ބައެއް ކަމަށެވެ. އަދި އެ ޙަމަލާ ރާވާ ހިންގުމުގައި އިސްކޮށް އުޅުނު 6 މީހެއްގެ ތަޙުޤީޤު މިހާރުވެސް ދަނީ ކުރިއަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ހިމެނޭ ގޮތަށް ފުލުހުން މިރޭ ވަނަވަރު އާންމުކޮށްފައިވަނީ ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް، ކ. މާލެ ކުދެހިގެ އިސްހާގު، ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީ، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް، ހއ. މުޅަދޫ ބަހާރުގެ އަބްދުﷲ އަލި މަނިކު، ހއ. ހޯރަފުށި އަލަނާސިގެ މުހައްމަދު ތަސްލީމް ކަމަށެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީޕީ ޙަމީދު ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހެެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު 25، އާއި މއ. ފޭރުގެ މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު 32، ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް 23، އެވެ.

Just learned that @PGO_MV has sent charges to Criminal Court against 4 suspects connected to the May 6th terror attack. I congratulate all officers and staff involved in this major case for their superb work. We continue to work on more suspects. We will defeat violent extremism.
— Mohamed Hameed (@M_Hameedh) August 3, 2021
ފުލުހުން ބުނީ، ރައީސް ނަޝީދަށް މެއި ހަވަނަ ދުވަހު ދިން ހަމަލާ ދީފައިވަނީ ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތެއް ކަމަށްވާ އައިއެސް އާ ގުޅުން ހުރި ބައެއް ކަމަށެވެ. އަދި އެ ޙަމަލާ ރާވާ ހިންގުމުގައި އިސްކޮށް އުޅުނު 6 މީހެއްގެ ތަޙުޤީޤު މިހާރުވެސް ދަނީ ކުރިއަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ހިމެނޭ ގޮތަށް ފުލުހުން މިރޭ ވަނަވަރު އާންމުކޮށްފައިވަނީ ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް، ކ. މާލެ ކުދެހިގެ އިސްހާގު، ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީ، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް، ހއ. މުޅަދޫ ބަހާރުގެ އަބްދުﷲ އަލި މަނިކު، ހއ. ހޯރަފުށި އަލަނާސިގެ މުހައްމަދު ތަސްލީމް ކަމަށެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީޕީ ޙަމީދު ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހެެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު 25، އާއި މއ. ފޭރުގެ މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު 32، ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް 23، އެވެ.
ކިޔުންތެރިންގެ ހިޔާލު