ސްޓެލްކޯއިން ކުރިއަށްގެންދާ ‏ވ. ތިނަދޫގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.



ސްޓެލްކޯއިން ތިނަދޫގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަދުއެވެ. އަދި މި މަސައްކަތް މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.



ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި، ރަށްރަށުގައި ކުރިއަށްދާ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތަކީ، އެރަށްރަށުގައި އިތުރުވަމުންދާ ޑިމާންޑާއިއެއްވަރަށް ހިދުމަތްދީ، އަދި ވޮލްޓޭޖް ޑްރޮޕްވުން ހައްލު ކުރުމަށް ކުރެވޭ މަސައްކަތްތަކެވެ.

މިގޮތުން ތިނަދޫގައި ކުރިއަށްދާ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިމުމުން އެކަމުގެ ފަސޭހަތައް ތިނަދޫގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން