ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟުވާންގެ މައްސަަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ސުވާލު ކުރުމަށް ރިޔާސީ ކޮމިޝަނަށް ހާޒިރުކުރި ނަމަވެސް އެ މަނިކުފާނު އިހުތިޔާރު ކުރެއްވީ ހަނު ހުންނެވުމުގެ ހައްގު ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފަައްދާފައިވާ ރިޔާސީ ކޮމިޝަނަށް ރައީސް ޔާމިން ހާޒިރުކުރީ މިއަދު މެންދުރު 02:00 ގައެވެ. ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން ރިޔާސީ ކޮމިޝަންގެ މެމްބަރު، ކުރީގެ ނޫސްވެރިޔާ މިސްބާޙު އައްބާސް ވިދާޅުވީ ކޮމިޝަނަށް ހާޒިރުކުރުމުން ރައީސް ޔާމިން ހުންނެވީ ހަނު ކަމަށާއި، އެކަމާ މެދު ކޮމިޝަނުން ހިތާމަކުރާ ކަމަށެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ރިޟުވާންގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ރައީސް ޔާމިނަށް ކުރާ ތުހުމަތު ތަކަށް އެމަނިކުފާނު އިންކާރު ކުރައްވާފައިވާ ކަމަށެވެެ. ޖަމީލް ވިދާޅުވީ ރައީސް ޔާމިން ރިޟުވާން މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުއްވިކަމުގެ ތުހުމަތު ކުރާ ސީދާ އަމަލު ކޮމިޝަނަށް ސާފުނުކޮށްދެވުނު ކަމަށެވެ. އަދި ކޮމިޝަނުގެ ތުހުމަތުތައް ރައީސް ޔާމީން ދޮގު ކުރެއްވި ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

މަރު ކޮމިޝަނުން މީގެ ކުރިން ވަނީ ރިޟުވާންގެ މައްސަލައިގައި ތައްޔާރު ކުރި ރިޕޯޓެއް ނެރެފައެވެ. އެ ކޮމިޝަނުން ހާމަކޮށްފައިވާގޮތުން ރިޟުވާން ވަނީ މާރާލައި ކަނޑުފައްތައިފަ އެވެ. އޭނާ މަރާލީ ދީނީ ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން އަލް ގައިދާގެ ގޮތްޕަކުން ކަމަށް ވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ. މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން މިއަދު ކުރީގެ ރައީސް ޔާމީން ހާޒިރުކޮށްފައިވާއިރު ސެޕްޓެމްބަރު، 2019 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ އޭރުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައި ވަނީ ރިޟުވާން މައްސަލައިގައި ރައީސް ޔާމީނަށް ދައުވާ ކުރެވޭނެ ހެކި ލިބިފައި ނެތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


3

އުއްތަމަ އުސްތާޛް

12-Aug-2021

ސުވާލަކީ މިސްބާހުގެ ކޮން ޙައްޤެއް ތޯ އޮތީ ކޮމިޝަނު ތަމްސީލުކުރަން



ޓްރެންޑިން