ކުރީގެ ދިއެފްއެމްގެ ސީއީއޯ މަސްއޫދު ހިލްމީއަށް ދަގަނޑު ބުރިއަކުން ހަމަލާދީ މިރޭ ޒަހަމް ކޮށްލައިފިއެވެ.

މީގެ ފަސް އަހަރު ކުރިން އުވާލާފައިވާ ދިއެފްއެމްގެ ސީއީއޯ މަސްއޫދު ހިލްމީ ވިދާޅުވީ، އޭނާ އަށް ހަމަލާދީފައިވަނީ މިރޭ 21:30 ހާއިރު އަންހެނުންނާއެކު ފޮނަދޫގައި ސައިކަލު ދުއްވަން ނުކުމެ އުޅުއްވަނިކޮށް ކަމަށެވެ. އެގޮތުން ފޮނަދޫ އުތުރު ފަރާތުގެ ބޯޅަދަނޑު ކައިރިން އޭނާ އަންހެނުންނާއެކު ބުރެއް ޖަހާލަން ނިކުމެ އުޅުއްވަނިކޮށް ސައިކަލެއްގައި ފަހަތުން އައި މީހަކު އޭނާއަށް ދަނގަނޑުބުރިއަކުން ހަމަލާ ދީފައިވާ ކަމަށް މަސްއޫދު ވިދާޅުވިއެވެ.

ދަނގަޑު ބުރިން ހަމަލާ ދިނުމުގެ ސަބަބުން މަސްއޫދުގެ އަތް ވަނީ ޒަޚަމްވެފައެވެ. ޒަހަމްތަކަށް ފަރުވާ ހޯދުމަށް ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން އެކްސްރޭ ނަންގަވައި ފަރުވާ ހޯއްދެވި ކަމަށް ވެސް މަސްއޫދު ވިދާޅުވިއެވެ. އޭނާގެ ފަހަތުން އައި މީހާ ހަމަލާދިނުމުގެ ކުރިން މަގުމަތިން ދިމާކޮށް ހަޑިއެއްޗެހި ގޮވާހެދި ކަމަށްވެސް މަސްއޫދު ވިދާޅުވިއެވެ.

މަސްއޫދު ވިދާޅުވީ މިއީ އެމީހާ އޭނާއަށް ހަމަލާދިން ފުރަތަމަ ފަހަރު ނޫން ކަމަށާއި، މީގެ ކުރިން އޭނާގެ ކާރެއްގައިވެސް އެމީހާ ރޯކޮށްލާފައިވާ ކަމަށެވެ. އަދި އެމައްސަލާގައި ފުލުހުން އޭނާ ހޯދި ނަމަވެސް އޭނާ ހައްޔަރުކޮށް ތަހުގީގުކޮށްފައިވާކަން އެނގިފައިނުވާ ކަމަށް މަސްއޫދު ވިދާޅުވިއެވެ. 

މަސްއޫދު ވިދާޅުވީ އޭނާއަށް ހަމަލާދިން މީހާއަކީ އޭނާ ކުރިން މަސައްކަތްތަކުގައި ކައިރީގައި ގެންގުޅުނު މީހެއް ކަމަށެވެ. ނަމަވެސް އެއީ އޭނާ އެހާ ދަންނަ މީހެއް ނޫން ކަމަށް މަސްއޫދު ވަނީ ވިދާޅުވެފައެވެެ. އަދި ތަކުރާރުކޮށް އިންޒާރުދީ ހަމަލާދޭއިރުވެސް އޭނާއާމެދު ފިޔަވަޅު އަޅާފައިނުވާކަމަށް މަސްއޫދު ވިދާޅުވެފައިވެއެވެ. މިމައްސަލަ އާއި ގުޅިގެން ފުލުހުން އަދި ބަހެއް ނުބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ސަމީމް

12-Aug-2021

ތީ ވަރަށް ނުބައި ރޭވުމަކަށްވެ ރާވައިގެން ހިންގާ ޖަރީމާއެއް ހުރިހާކަމެއް ކުރާ މީހަކީ ވެސް ތިޔަ މަސްއޫދު ތީމައްސޫދު ކުލޭ ގޭމެއް


13

ގުއްދޫސް

12-Aug-2021

ގޭންގުތަކައް ފުރސަތު ލިބެނީ މިހެންވީމަ ދެންމައްސޫދައް މަޖުބޫރުވާެގޭންގުތަކައް ލާރިދީގެން ޖާނައިގެން ސަލާމަތްވާން



ޓްރެންޑިން