ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ އެންމެ ބޮޑު އުނިކަމަކީ އަދުލްއިންސާފުގައި ތަފާތުކުރުންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ، ސަރުކާރުން ކުއްލިއަކަށް ރައީސް ޔާމީނާ ގުޅޭ މައްސަލަތަކެއްގައި އެކި އިދާރާތަކަށް އެމަނިކުފާނު ހާޒިރުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހު ރައީސް ޔާމިން ކޯޓަށް ހާޒިރުކުއިރު، ހޯމަދުވަހު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. އަދި އިއްޔެ ވަނީ މަރު ކޮމިޝަނަށް އެމަނިކުފާނު ހާޒިރުކޮށްފައެވެ.

ޑރ. ޝަހީމް މިއަދު ވިދާޅުވީ، ސަރުކާރުން އިންސާފު ހޯދަން އެނގެނީ ރައީސް ޔާމީނާ ގުޅޭ މައްސަލަތަކުގައި އެކަނިކަމަށާއި، އެހެން ހުރިހާ މައްސަލަތަކެއް އޮންނަނީ ހުއްޓިފައިކަމަށެވެ. އެގޮތުން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކޯޓު ކޭސްތަކެއް އޮތްއިރު، އެކަންކަން ނުހިނގާކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އެބޭފުޅުންގެ މައްސަލަތައް ނުހިނގަނީ ސަނާ ކިޔަން ތިއްބަވާތީކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އެހެންކަމުން މިސަރުކާރުގެ އެންމެ ބޮޑު އުނިކަމަކީ އަދުލްއިންސާފުގައި ތަފާތުކުރުންކަމަށް ޝަހީމް ވިދާޅުވިއެވެ.

"މީސްތަކުންގެ ހައްގު ވަނީ ގެއްލިފައި." 2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޑރ. ޝަހީމް ވިދާޅުވިއެވެ.



މިސަރުކާރުގައި ބަލަނީ ވަކި ބައެއްގެ މައްސަލަތައް އެކަނިކަމަށް ޝަހީމް ތުހުމަތުކުރެއްވިއިރު، ގިނަ ބަޔަކު ދަނީ އެކަންކަން ފާހަގަކުރަމުންނެވެ. އެގޮތުން މިސަރުކާރުގެ ބައެއް ފަރާތްތަކަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާއި ޖިންސީ ގޯނާގެ މައްސަލަތަކާއި ހިއުމަން ޓްރެފިކިންގެ މައްސަލަތަކަށް އިންސާފު ނުލިބޭކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބައެއް ފަރާތްތަކުން ހިންގާ ޖިންސީ ގޯނާގެ މައްސަލަތަކާއި ރޭޕްގެ މައްސަލަތައް ވެސް ތަހުގީގީ މަރުހަލާއާއި ކޯޓު މަރުހަލާގެ ތެރޭގައި ހުއްޓިފައި ހުންނަކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން