ހިޔާ ފްލެޓްތައް ލިބުނު މީހުން އެގްރީމެންޓްގައި ސޮއިކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ، އެ މަސައްކަތް މެދުކަނޑާލީ ސޮއިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ، މުވައްޒަފެއް ކޮވިޑް-19 އަށް ފައްސިވުމުން ކަމަށެވެ. އެހެންކަމުން މިއަދުގެ 10:00 އިން ފެށިގެން ސޮއިކުރަން ތާވަލު ކޮށްފައިވާ ފަރާތްތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރުން ތާވަލާ އެއްގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެގްރިމެންޓްގައި ސޮއިކުރުމުގެ ކަންތައްތައް އަލުން ފަށާނެ ތާރީހެއް، އެޗްޕީއޭއާއި މަޝްވަރާ ކުރުމަށްފަހު އިއުލާން ކުރާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމާއިއެކު ފްލެޓްގެ ތަޅުދަނޑި ވެރިފަރާތާ މިހާރު ވަނީ ހަވާލު ކުރަން ފަށާފައެވެ. އެހެން ނަމަވެސް އަދިވެސް ފްލެޓްތަކަށް ކަރަންޓް ދެވިފައި ނުވާތީ ފްލެޓްތަކަށް ވަނުމުގެ ހުއްދައެއް ނުލިބެއެވެ. އެޗްޑީސީން ބުނީ ހުރިހާ ފްލެޓަކަށް ކަރަންޓުދީ ނިމޭނީ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން