ދުނިޔޭގެ އެއްވެސް ޤައުމެއްގެ މިލިޓަރީ ފެސިލިޓީއެއް ރާއްޖޭގައި ހަދައިފިނަމަ އެކަމުން ލިބޭ ހިއްޗަކީ ދުވަހަކުވެސް ނުފިލާނެ ވޭންހުރި ކަމަކަށްވާނެކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު މިހެން ވިދާޅުވީ އަލްޖަޒީރާގެ އައި ޔުނިޓުން ހިންގި ތަހުގީގަކުން، މޮރިޝަސްގެ ރަށެއް ކަމުގައިވާ އަގެލޭގައި އިންޑިޔާއިން ސިއްރިއްޔާތުގައި އަސްކަރީ ބޭސްއެއް ހަދަމުން އަންނަކަން ހާމަކުރުމާއި ގުޅިގެންނެވެ. ކުރީގެ އިކޮންމިކް މިނިސްޓަރު މުހަންމަދު ސައީދު ވިދާޅުވީ ރައީސް ޞާލިހާއި އެމަނިކުފާނުގެ ބައިވެރިންގެ އެއްބަސްވުންތަކުން މުޅި ރާއްޖެވަނީ ގުރުބާން ކޮށްފައިކަމަށާއި އެފަދަ މިލިޓަރީ ބޭސްއެއް ރާއްޖޭގައި އަޅައިފިނަމަ އޭގެ ހިތި ދުވަހަކުވެސް ނުފިލާނެކަމަށެވެ. އަދި ރާއްޖޭގައި އަސްކަރީ ބޭހެއް ތަރައްޤީ ކުރާނީ "ބަހުން ބަހަށް" އެވާހަކަ ބުނެފައި ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.



އިންޑިއާއިން މޮރިޝަސްގެ އަގޭލޭގައި އަސްކަރީ ބޭހެއް ތައްޔާރުކުރަމުން އައީވެސް ސިއްރިއްޔާތުގައި ކަމަށް އަލްޖަޒީރާ އިން ވަނީ ރިޕޯޓްކޮށްފައެވެ. އެ މައްސަލައިގެ ތަހުގީގުގައި އަލްޖަޒީރާގެ އިންވެސްޓިގޭޝަން ޔުނިޓުންވަނީ ސެޓަލައިޓު ފޮޓޯތަކާއި ފައިސާގެ ޑާޓާތައް އެއްކޮށް ދިރާސާކޮށްފައެވެ. އެ ދިރާސާގެ އަލީގައި އަލްޖަޒީރާއިން އެއްކުރި މައުލޫމާތުތައް ދިރާސާކުރި އަސްކަރީ މާހިރުންނާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވާގޮތުގައި އެ ރަށުގައި އިންޑިޔާއިން ދަނީ ސިއްރިއްޔާތުގައި ކަނޑުގެ ސަރަހައްދު ޕެޓްރޯލުކުރުމަށް ބޭނުންވާ އަސްކަރީ ބޭހެއް ތަރައްޤީކުރަމުންނެވެ. އެހެން ނަމަވެސް މޮރިޝަސްގެ ސަރުކާރާއި އިންޑިޔާއިންވެސްވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން