ގާނޫނު އަސާސީ އާއި ހިލާފުވުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްގެ ގަރާރަކުން އުފައްދަވާފައިވާ މަރު ކޮމިޝަންގެ ހުރިހާ ތަހުގީގެއް ބާތިލްވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް އަބްދުﷲ ޔާމީންގެ އިސް ލޯޔަރ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރުން އަމިއްލައަށް މަރު ކޮމިޝަން ހަދައިގެން 3 އަހަރު ވީއިރު، އިޖުރާއަތްތައް ފުރިހަމަ ކުރެވިފައިނުވާ ކަމަށެވެ. އަދި އެފަދަ ބޮޑު އިހުމާލެއް ވެފައިވާ މައްސަލައިގައި ޒިންމާދާރުކުރުވަން ވެސް ޖަމީލް ވަނީ ސަރުކާރަށް ގޮވާލައްވާފައެެވެ. މީގެ އިތުރުން، ޖަމީލު ވަނީ މަރު ކޮމިޝަނަކީ ގާތް ބަޔަކަށް ޕްރޮމޯޝަން ދިނުމުގެ ގޮތުން އުފައްދަވާފައިވާ ތަނެއްތޯ ސުވާލު ކުރައްވާފައެވެ.



ޑރ. ޖަމީލުގެ ފާޑު ވިދާޅުވުން މަރުކޮމިޝަނަށް އަމާޒުވެފައި މިވަނީ ކުއްލި ގޮތަކަށް ރައީސް ޔާމީން އެކޮމިޝަނަށް ހާޒިރުކޮށް ސުވާލު ކުރި މައްސަލައާއި ގުޅިގެން ކަމަށް ބެލެވެއެވެ. ނަމަވެސް ޖަމީލު އެ ވިދާޅުވާ ފުރިހަމަ ނުވާ އިޖުރާޢަތަކީ ކޮބައިކަން އޭނާ ހާމަކުރަށްވާފައެއް ނުވެއެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފަައްދާފައިވާ ރިޔާސީ ކޮމިޝަނަކީ މި ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް އިބްރާހިމް މުހަންމަދު ސޯލިހު އުފެެއްދެވި ކޮމިޝަނެކެެވެ. އެހެންނަމަވެސް ވެރިކަމުގެ ދައުރު ދެބައިވެފައިވާއިރު އެކޮމިޝަނަށް އެދެވޭ އެއްވެސް ނަތީޖާއެއް ނެރެވިފަައި ނުވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ކޮމިޝަނަށް ވަނީ އަމާޒުވެފައެވެ.

ރިޔާސީ ކޮމިޝަންގެ ރައީސަކަށް ކުރިން ހުންނެވި އަލްއުސްތާޒު ހުސްނުއްސުއުދޫ މިހާރު ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހަމަޖައްސާފައެެވެ. ދެން އެކޮމިޝަންގެ މެންބަރުންގެ ގޮތުގައި މިހާރު ގިނަ ބަޔަކު ދަންނަ އެއް މެންބަރަކީ އެންމެ ފަހުން ސީއެންއެމް ގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މިސްބާހް އައްބާސް އެވެ. މިސްބާހަކީ ތަހުގީގީ ދާއިރާއެއްގައި މަސައްކަތް ކުރަށްވާފައިވާ މީހެއް ނޫންކަން ވެސް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން