ހއ. ތުރާކުނު ކައުންސިލްގެ ދެ މެންބަރަކު އިދިކޮޅު ޕީޕީއެމްއާއި ގުޅިވަޑައިގެންފިއެވެ.
ޕީޕީއެމަށް ސޮއިކުރެއްވި ދެ މެންބަރުންނަކީ އަމިއްލަ ގޮތުން ތުރާކުނު ކައުންސިލަށް އިންތިޚާބުވި ތޯހާ އަލީއާއި، ހުސްނާ އިބްރާޙީމެވެ. އެ ދެބޭފުޅުން ޕީޕީއެމަށް ސޮއިކުރެއްވި ފޯމާ ހަވާލުވެ ވަޑައިގެންނެވީ ޕީއެންސީގެ ނާއިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދެވެ.
މި ދެ މެންބަރުން ޕީޕީއެމަށް ގުޅިވަޑައިގަތުމުން މިހާރު ތުރާކުނު ކައުންސިލްގައި ތިއްބެވީ ޕީޕީއެމްގެ ދެ މެންބަރަކާއި އަމިއްލަ ދެ މެންބަރަކާއި އެމްޑީޕީގެ މެންބަރެކެވެ.
ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވަނީ ތުރާކުނުން އެޕާޓީއަށް ސޮއިކުރެއްވި ދެ ކައުންސިލަރުންނަަށް މަރުހަބާ ވިދާޅުވެފައެވެ. ޝިޔާމް ވިދާޅުވީ 2023 ވަނަ އަހަރުގެ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ ދިވެހި ރައްޔިތުންނާއެކުގައި ކަމަށެވެ.
ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން މިހާރު ގެންދަވަނީ ހއ. އަތޮޅުގެ ރަށްރަށަށް ދަތުރުކުރަމުންނެވެ. މިއީ ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ މެނިފެސްޓޯ އެކުލަވާލަން ރައްޔިތުންގެ ޚިޔާލު ހޯދުމަށާއި ޕީޕީއެމްއަށް މެންބަރުން އިތުރުކުރުމަށާއި އެ އަތޮޅުގައި އެ ކޯލިޝަންގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް ކުރަމުންދާ ދަތުރެއް ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

HA. Thuraakunu 2 Council Memberun kamugaiva Thoha Ali adhi Husna Ibrahim PPM aa gulhivadaigathumun 2 beyfulhunnahves varah bodah mruhaba dhannava shukuru dhannavan. In Aha Allah 2023 RY kaamiyab kuravvaanee huriha Dhivehi lobuvethi rayyithunna eku#MavesPPM #FreePresidentYameen pic.twitter.com/XRiVmRV6JV
— Ahmed Shiyam (@Shiyamaldives) August 9, 2021
ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން މިހާރު ގެންދަވަނީ ހއ. އަތޮޅުގެ ރަށްރަށަށް ދަތުރުކުރަމުންނެވެ. މިއީ ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ މެނިފެސްޓޯ އެކުލަވާލަން ރައްޔިތުންގެ ޚިޔާލު ހޯދުމަށާއި ޕީޕީއެމްއަށް މެންބަރުން އިތުރުކުރުމަށާއި އެ އަތޮޅުގައި އެ ކޯލިޝަންގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް ކުރަމުންދާ ދަތުރެއް ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު