ހިޔާ ފްލެޓްތައް
ހިޔާ ފްލެޓްތައް
ހިޔާ ފްލެޓް ލިބުނު ބައެއް ފަރާތްތަކުން އެ ފްލެޓްތައް ދޫކޮށްލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު ފަންނީ ކެޓަގަރީގައި ހިމެނޭ ފަރާތްތަކުން ފްލެޓް ދޫކޮށްލަން ބޭނުންވާނަމަ، އެކަން އެންގުމަށް މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗަރ އިން މީގެ ކުރިން ވަނީ އިޢުލާނުކޮށްފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ޢިމާރާތްކުރި ހިޔާ ފްލެޓް ލިބުނު ބައެއް ފަރާތްތަކުން އެ ފްލެޓް ދޫކޮށްލުމަށްފަހު ސަރުކާރުން ފަށާ ހައުސިންގެ އެހެން މަޝްރޫޢުތަކުން ފްލެޓް ހޯދުމަށް އެދިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ހުސްކޮށްހުރި ފްލެޓްތަކަށް މީހުން އައްޔަނުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަށްވާނެ ކަމަށެވެ.

މީގެ ކުރިން ހައުސިން މިނިސްޓްރީން ބުނެފައިވަނީ، ހިޔާ ފްލެޓްތައް ދޫކޮށްލާ ފަންނީ ފަރާތްތަކަށް، ލިބޭ އާމްދަނީއާއި އެއްހަމައެއްގެ ބޯހިޔާވަހިކަމެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ. އަދި ހަމަ އެއާއެކު ހުޅުވާލި ފުރުސަތުގެ ދަށުން ހުރި ހައުސިން މަޝްރޫއުތަކުގެ ފްލެޓުތައް ވެގެން ދާނީ، އެފްލެޓް ތަކުގެ އަގު ތަނުގެ ފެންވަރާއި އެއްވަރަށް ހިފެހެއްޓިފައިވާ، އަދި ޖާގައިގެ ގޮތުން ތަނަވަސް 3 ކޮޓަރީގެ ފްލެޓްތަކަށް ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންގެ އިތުރުން ސިވިލް ސާވިސްގެ ފަންނީ ކެޓަގަރީތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ހިޔާ މަޝްރޫއުގެ ފްލެޓް ދޫކޮށްލަން އެދޭ ފަރާތްތަކުން އެކަން އެންގުމަށް އެ މިނިސްޓްރީން އޭރު ވަނީ ފުރުސަތު ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން