ހިޔާ ފްލެޓްތައް
ހިޔާ ފްލެޓްތައް
ހިޔާ ފްލެޓުތަކުގެ އަގު ކުޑަ ކުރަން ގޮވާލާ މުޒާހަރާއެއް ހުޅުމާލެ ފޭސް ދޭއްގައި ފަށައިފިއެވެ.

މިއަދު ހަވީރު 4:30 ގައި ފަށާފައިވާ އެ މުޒާހަރާ އިންތިޒާމްކޮށްފައި ވަނީ ހިޔާ ޔޫނިއަންގެ ފަރާތުންނެވެ. ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކުގެ ކައިރީގައި ކުރަމުންދާ މުޒާހަރާގައި ގޮވާލަމުންދަނީ ފްލެޓްތަކުގެ އަގު 5،600 ރުފިޔާ އަށް ކުޑަކޮށްދިނުމަށެވެ.

މާލޭ ސިޓީގެ މޭޔަރ ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ދައްކަން ކަނޑައަޅާފައި ވާނީ 5،600 ރުފިޔާ ކަމަށެވެ.

އެޗްޑީސީން ބުނެފައިވަނީ ފުލެޓުތަކަށް ފައިސާ ދައްކާ ޚަލާސްކުރުމަށް 25 އަހަރަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500ރ ދައްކާގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1،000ރ. ނަގާގޮތަށްވެސް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އެޗްޑީސީން މިހާރު ވަނީ ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށް ފްލެޓް ޙަވާލުކުރަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން