ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާއަށް ފަހު އެމަނިކުފާނާއި މިހާތަނަށް ބައްދަލުކުރެއްވި ރާއްޖޭގެ ފުރަތަމަ ވަޒީރަކީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ، އެމަނިކުފާނުގެ ރަހުމަތްތެރި ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްއާ ބައްދަލްވުމުން ވަރަށް އުފާވި ކަމަށެވެ. އަދި މިއީ މެއި ހައެއްގެ ބޮމުގެ ހަމަލާއަށް ފަހު ރާއްޖޭގެ ވަޒީރަކާއި ބައްދަލްވި ފުރަތަމަ ފަހަރު ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން ކާރަށް އަރާވަޑައިގަންވަނިކޮށް އައިއީޑީ އެއް ގޮއްވާލައިގެންނެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބައެއް މީހުންވެސް ޒަހަމްވެފައިވެ އެވެ. އެ ޙަމަލާ އަށްފަހު އިތުރު ފަރުވާއަށް ޖަރުމަންވިލާތުގައި އުޅުއްވުމަށްފަހު ރައީސް ނަޝީދު މިވަގުތު ވަޑައިގެން އުޅުއްވަނީ އިނގިރޭސިވިލާތުގައެވެ.
ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހެެއްގެ މައްޗަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ވަނީ ދަޢުވާކޮށްފައެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު 25، އާއި މއ. ފޭރުގެ މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު 32، ގެ އިތުރުން ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް އެވެ.

Alhugadu ge rahmaiytheri Raajjeyge Foreign Minister adhi UNGA ge Raees aai bahdhalvumun varah ufaavi. Mi ee alhugadah dhevunu bomb ge hamalaa ah fahu Raajjeyge vazeerakaai bahdhalvi furathama faharu pic.twitter.com/7u0103L2zh
— Mohamed Nasheed (@MohamedNasheed) August 16, 2021
ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން ކާރަށް އަރާވަޑައިގަންވަނިކޮށް އައިއީޑީ އެއް ގޮއްވާލައިގެންނެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބައެއް މީހުންވެސް ޒަހަމްވެފައިވެ އެވެ. އެ ޙަމަލާ އަށްފަހު އިތުރު ފަރުވާއަށް ޖަރުމަންވިލާތުގައި އުޅުއްވުމަށްފަހު ރައީސް ނަޝީދު މިވަގުތު ވަޑައިގެން އުޅުއްވަނީ އިނގިރޭސިވިލާތުގައެވެ.
ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހެެއްގެ މައްޗަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ވަނީ ދަޢުވާކޮށްފައެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު 25، އާއި މއ. ފޭރުގެ މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު 32، ގެ އިތުރުން ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް އެވެ.
ކިޔުންތެރިންގެ ހިޔާލު