އަހުމަދު ޝާހް   18 އޯގަސްޓު 2021 - 15:20
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، (241 ކޮމިޓީ) ގައި ޖުމުހޫރީ ޕާޓީ ތަމްސީލްކުރަށްވާ މެންބަރަކަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ހަމަޖައްސައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ނާއިބް ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ މިބަދަލު ގެނައުމަށް ޖޭޕީން ހުށަހަޅާފައިވުމުން، މިއަދުން ފެށިގެން ކޮމިޓީއަށް ބަދަލު ގެނެސްފައިވާކަމަށެވެ. މީގެ ކުރިން 241 ކޮމިޓީގައި ޖުމްހޫރީ ޕާޓީ ތަމްސީލް ކުރަށްވަމުން ގެންދެވީ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒެވެ. ނަމަވެސް ރިޔާޒް މިހާރުވަރީ ޖޭޕީން ވަކިވެވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފަށާފައިވާއިރު، 241 ކޮމިޓީއަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް ވެސް އަލުން ވަނީ ހަމަޖައްސައިފަ އެވެ.

މަޖިލީހުގެ ކޮމިޓީތަކުގައި ޖުމްހޫރީ ޕާޓީ ތަމްސީލުކުރަށްވާ މެންބަރުންނަށް ބަދަލު އަންނަން ފަށާފައި މިވަނީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، ޖުމްހޫރީ ޕާޓީން ވަކިވެފައިވާކަން އަންގަވައި، މަޖިލީހުގެ ގަވާއިދުގައި ބުނާ ލިޔުންތައް ހުށަހަޅުއްވާފައިވާތީއެވެ.

މިވަގުތު މަޖިލީހުގައި ތިއްބެވީ ޖުމްހޫރީޕާޓީ ތަމްސީލްކުރަށްވާ އެންމެ 3 މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން