ތަމަޅަ ތްރިލަރ ފިލްމް، "އޮއްތާ ސެރުއްޕު ސައިޒް 7" ގެ ރައިޓްސް ގަނެގެން އޭގެ ހިއްދީ ފިލްމް އުފެއްދުމުގެ މަސައްކަތް އަބީޝެކް ބަޗަން ފަށައިފިއެވެ.

ތަޅާފޮޅުންތަކާއި ނޭވާ ހިފަހައްޓާލަންޖެހޭ ފަދަ އަނިޔާވެރި އަމަލުތައް އެކުލެވޭ މި ފިލްމްގެ ރައިޓްސް ގަނެ، އެފިލްމް މިހާރުވަނީ ޗެންނާއީގައި ނަގަންވެސް ފަށާފައެވެ. އަބީޝެކް ބަޗަން ލީޑް ރޯލް އަދާކުރާ މި ފިލްމް ޕްރޮޑިއުސް ކުރަނީ އޭނާ އަމިއްލައަށެވެ. އަދި ފިލްމްގެ ކަންކަމުގައި ވަރަށް ގާތުން އޭނާ މަސައްކަތް ކުރަމުންދާ ކަމަށްވެސް މީޑިއާ ތަކުން ރިޕޯޓްކޮށްފައި ވެއެވެ.

"އޮއްތާ ސެރުއްޕު ސައިޒް 7" ގެ ހިންދީ ރީމޭކް ޑައިރެކްޓް ކުރަނީ ވެސް ތަމަޅަ ފިލްމްގެ އަސްލު ޑައިރެކްޓަރ އާރ ޕަރްތިބާން އެވެ. "އޮއްތާ ސެރުޕު ސައިޒް 7" ރިލީޒްކޮށްފައި ވަނީ 2019 ވަނަ އަހަރުއެވެ. މި ފިލްމް ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށްފައިވަނީ ވެސް އާރް ޕަރްތިބާން އެވެ. މިފިލްމަކީ 2019 ވަނަ އަހަރު ބޭއްވި 67 ވަނަ ގައުމީ ފިލްމް އެވޯޑްގައި ދެ ކެޓަގަރީއަކުން ވަނަ ހޯދާފައިވާ ފިލްމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން