މަޝްހޫރު ޕްރޮޑިއުސަރ، ޑައިރެކްޓަރ ކަރަން ޖޯހަރު އަލަށް އުފައްދާ "ރޮކީ އައުރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މަސައްކަތް ރަންވީރް ސިންހާއި އާލިއާ ބަޓާއެކު މިއަދު ފަށައިފިއެވެ.
މިއީ މީގެ ފަސް އަހަރު ކުރިން ރިލީޒް ކުރި ކަރަން ޖޯހަރުގެ އޭ ދިލް ހެއި މުޝްކިލަށް ފަހު ކަރަން ޑައިރެކްޓްކުރާ އެފަދަ ފުރަތަމަ ފިލްމެވެ. ފިލްމް ގަލީ ބޯއީގެ ދެ ތަރިން ކަމަށްވާ ރަންވީރް ސިންހާ އާލިއާ ބަޓް ލީޑް ރޯލްކުޅޭ މި ފިލްމްގެ ޝޫޓިންގ ފަށާފައި ވަނީ މިއަދުއެވެ. ދެތަރިން ވެސް ވަނީ އެމީހުން ފިލްމަށް ތައްޔާރު ވުމުގެ ގޮތުން ޓެސްޓް ކޮށްލި ބައެއް މަންޒަރު މީސް މީޑިއާގައި އާންމުކޮށްފައެވެ.
ދުވަސް ތަކަކަށްފަހު ކަރަން ޖޯހަރުގެ އަސްލު މަސައްކަތަށް އޭނާ އަލުން އެނބުރި އަންނަ ކަމުގެ އުފާވެރި ޚަބަރު އިއުލާން ކުރަމުން ބުނެފައިވަނީ މިއީ އާ ދަތުރެއްގެ ފެށުން ކަމަށެވެ. އަދި މިވަގުތަކީ އޭނާގެ އަސްލު މަސައްކަތަށް އެނބުރިދާންވީ ވަގުތު ކަމުގައި ވެސް ކަރަން ބުނެފައި ވެއެވެ. މިއީ ސަޅި ލޯބީގެ ވާހަކައެއް އުފަން ކުރުވަންވީ ވަގުތު ކަމުގައި ވެސް ކަރަން ބުނެފައި ވެއެވެ.
ކަރަން ޖުލައި މަހު ފިލްމްގެ ވާހަކަ ދައްކަމުން ބުނެފައިވަނީ މިއީ ވަރަށް ތަފާތު ސަޅި ލޯބީގެ ވާހަކައެއް ކަމަށެވެ. ގަލީ ބޯއީގެ ދެ ތަރިންގެ އިތުރުން މި ފިލްމްގައި ޖަޔާ ބަޗަންއާއި ދަރުމެންދުރަ ވެސް މުހިންމު ރޯލެއް އަދާކުރެއެވެ. ކަރަންގެ ވަރަށް ގާތް ދުވަސްވީ ތަރިއެއްގެ ގޮތުގައި އޭނާ ސިފަކުރާ ޖަޔާ ޕަޗަން ވަނީ ކަރަން އުފެއްދި އެންމެ މަޝްހޫރު އަދި ކާމިޔާބު ދެ ފިލްމް ކަމަށްވާ ކަބީ ޚުޝީ ކަބީ ޣަމްއާއި ކަލް ހޯނާ ހޯ ގައިވެސް މުހިންމު ބައިތަކެއް އަދާކޮށްފައެވެ.
ކަރަންގެ މިފަހަރުގެ ފިލްމްގައި ޖަޔާ ބަޗަން ކުޅެނީ ރަންވީރްގެ މާމައެއްގެ ބައެވެ. ދަރްމެންދްރައާއި ޝަބާނާ ފެނިގެންދާނީ އާލިއާގެ މާމައާއި ކާފަގެ ރޯލުންނެވެ.

ކިޔުންތެރިންގެ ހިޔާލު