ސުޕަރ ޑާންސް ގެ ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ޝިލްޕާ ޝެޓީ ސުޕަރ ޑާންސްގެ ޝޫޓިންގތައް އަލުން ފަށައިފިއެވެ.
ނެޝުމުގެ ހުނަރު ދައްކުވައިދޭ ސުޕަރ ޑާންސް ޗެޕްޓަރ 4ގެ ޖަޖުންގެ ޕެނަލުން ފެނިގެންދިޔަ ޝިލްޕާ ޝެޓީ، ވަކި ހިސާބަކުން ޓީވީ ސްކްރީނުން ގެއްލިގެން ދިއައީ އޭނާގެ ފިރިމީހާ ހައްޔަރު ކުރުމާ ގުޅިގެންްނެވެ. ޝިލްޕާގެ ފިރިމީހާ ރާޖްކުންދްރާ ހައްޔަރުކޮށްފައިވަނީ އޮރިޔާން ފިލްމު ގެންގުޅެ، އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައެވެ.
އަދި މިކަމާގުޅިގެން ޝިލްޕާ ޖަޖް ކުރަމުން ދިޔަ ޓީވީ ޝޯވްއިން ބްރޭކެއް ނެގުމަށް އޭނާއަށް އެންގިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މިއީ ހަގީގަތެއްކަމެއް ޝޯވްގެ ޕްރޮޑިއުސަރުން ހާމަކޮށްފައެއް ނުވެއެވެ.
އިންޑިއާގެ ސޮނީ ޓީވީން ދައްކަމުންދާ ސުޕަރ ޑާންސް ޝޯވް ގެ ހަތަރުވަނަ ސީޒަން މިހާރު ކުރިއަށް ދަމުންދާއިރު ހަތަރު ސީޒަނުގެ ޖަޖުންގެ ޕެނަލުންވެސް ޝިލްޕާ ފެނިގެންގޮސްފައިވެއެވެ. ޝިލްޕާ އާއިއެކު މިޝޯވ ޖަޖުކުރުމުގައި ދެން ބައިވެރިވަނީ އަނޫރާގް ބާސޫ އަދި ގީތާ ކަޕޫރްއެވެ.

ކިޔުންތެރިންގެ ހިޔާލު