ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން | ރަސް ފޮޓޯ: އަޙްމަދު ޝާހް
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން | ރަސް ފޮޓޯ: އަޙްމަދު ޝާހް
ހިޔާ ފްލެޓް އެއްބަސްވުމުގައި މިހާތަނަށް 2،646 މީހުން ސޮއި ނުކުރާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ "ހިޔާ ފްލެޓް"ތައް ލިބުނު 6،720 ފަރާތުގެ ތެރެއިން 2،646 ފަރާތެއް އެއްބަސްވުން ތަކުގައި އަދި ސޮއި ކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް އަލުން ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެކި ސަބަބުތަކާއެކު "ހިޔާ" އެއްބަސްވުމުގައި ގިނަބަޔަކު ސޮއިކޮށްފައި ނުވާއިރު ފްލެޓްގެ ކުލި ކުޑަކޮށްދިނުމަށް އެދި ދެހާހަކަށް މީހުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ.

ކުރީ ސަރުކާރުގައި ހިޔާ ހައުސިން ޔުނިޓެއްގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 5600 ރުފިޔާއެވެ. ނަމަވެސް ސަރުކާރުން މިހާރު ނިންމާފައިވަނީ ހިޔާ ފްލެޓްގެ އަގަކީ 7500 ރުފިޔާކަމަށެވެ. މީގެއިތުރަށް މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1000 ރުފިޔާ ނެގުމަށްވަނީ ހަމަޖެހިފައެވެ. ކުރީ ސަރުކާރުން ހެދި އަގު ކުޑަވީ ގޯސްކޮށް ހިސާބު ޖެހުމުން ކަމަށް ހައުސިންގ މިނިސްޓަރ އަސްލަމް ވަނީ ވިދާޅިވެފައެވެ.

ހިޔާ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތްކުރަމުންދާއިރު، އެ ފްލެޓްތަކުން ކުލި ނަގަން ފަށާނީ އަންނަ ޑިސެމްބަރުމަހުން ފެށިގެންކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން