ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ މުލިއާގެ
ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ މުލިއާގެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ދިރިއުޅުއްވާ ރިޔާސީ ގެކޮޅު ކަމަށްވާ، މުލީއާގެ ދޮށަށްގޮސް ގޮއްވާލާނެ ކަމުގެ އިންޒާރުދިން މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

އެ މައްސަލައިގައި މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު މީގެ ކުރިން ވަނީ ދޫކޮށްލާފައެވެ. އަދި ބޮމެއް އޮތް ކަމަށް ބުނި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ މުއްދަތު ޖަހައިދީފައެވެ.

ފުލުހުން ބުނީ، ފުލުހުންގެ ބަންދުގައި މަހަކަށްވުރެ ގިނަ ދުވަހު ބެހެއްޓުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ ބަންދުން ދޫކޮށްލާފައި ކަމަށެވެ. އަދި އޭނާގެ މައްޗަށް ދަޢުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމާފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އިންޒާރުދިން ދެ މީހުން މުލިއާގެ ކައިރިއަށް ދިޔައީ ދަބަހަކާއި ރަތްކުލައިގެ ކޮތަޅެއް އަދި ކަރުދާސް ފޮއްޓެއް ހިފައިގެންނެވެ. އެމީހުން އިންޒާރުދިނީ އެ ފޮށިގަނޑުގައި ބޮމެއް އޮތް ކަމަށް ބުނެއެވެ. އެ އިންޒާރާ ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ އެމީހުން ގެންގުޅުނު ސާމާނުތަކާއި އެ ފޮށިގަނޑު ބަލައި ފާސްކުރުމަށްފަހު، އެ ދެ މީހުން ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން